ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)322/322/2024/90
ޕަބްލިޝްކުރި ތާރީޚް: 24 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 09:04
ސުންގަޑި: 04 ޖުލައި 2024 13:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޒުވާނުންގެ އިނާމް 2024

މިއަހަރު ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ 12 އޮގަސްޓް 2024 ގައި ކަމަށާއި، އަދި އެގޮތުން ޒުވާނުންނަށް ޚާއްސަ ކުރެވިގެން ޒުވާނުންގެ އިނާމް ( Youth Award ) ދިނުމަށް ހަމަޖެހިފައި ވާކަމަށާއި މި އަހަރު ޒުވާނުންގެ އިނާމް ( Youth Award ) ތަފާތު 17 ދާއިރާއަކުން ދިނުމަށް ކަނޑައެޅިފައިވާކަމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމެންޓް، އިންފޮމޭޝަން އެންޑް އާރޓްސް ނަންބަރ: 493-YE/CIR/2024/5 ސަރކިއުލަރ އިން ވަނީ މިއިދާރާއަށް އަންގާފައެވެ. ޒުވާނުންގެ އިނާމަކީ ތަފާތު ދާއިރާތަކުން ޤައުމުގެ ތަރައްޤީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އިނާމެއްކަމަށާއި އަދި މި އިނާމަކީ ޤައުމުގެ ތަރައްޤީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމަޢުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި ވާގި ދިނުމުގެ ގޮތުން ދެވޭ އިނާމެއް ކަމަށް އެފަރާތުން ވަނީ ފާހަގަ ކުރައްވާފައެވެ.

         އެސަރކިއުލަރ ގައި ވާގޮތުން ޒުވާނުންގެ އިނާމު ލިބޭ ފަރާތްތަކަށް އިނާމުގެގޮތުގައި ޒުވާނުންނަށް ދެވޭ ޚާއްޞަ އެވޯޑާއި އަދި ސެޓްފިކެޓް ލިބިގެން ދާނެއެވެ.

         ވީމާ، މި އިނާމަށް ނަން ހުށައެޅުއްވުމަށް ޝަރުތުހަމަވާ 18 އަހަރު ފުރި 36 އަހަރު ނުވާ ފަރާތްތަކުން،04 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ގޫގުލް ލިންކް : https://forms.gle/ULrpZrSs96jphK6DA ނުވަތަ އީމެއިލް [email protected] މެދުވެރިކޮށް ހުށައެޅުއްވުމަށް ވަނީ އަންގަވާފައެވެ. ނުވަތަ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް ( ސޯޝަލް ސެންޓަރ ) ރިސެޕްޝަނަށް  ވެސް ހުށައެޅުއްވޭނެއެވެ. ޒުވާނުންގެ އިނާމަށް ކުރިމަތިލުމަށް އެދި ހުށައަޅައި ފޯމް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓް، އިންފޮމޭޝަން އެންޑް އާރޓްސްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި ފޯމް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 13:30 އެ އިދާރާއަށެވެ.

         މި ކަމާގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންފުޅުވެ ލައްވާނަމަ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ  ހެނދުނު 8:00 އިން މެންދުރު 14:00 މިނިސްޓްރީގެ ނަންބަރ 4000428، 4000429، 7925704 އަށް ގުޅުއްވައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

         މިހެންވެ މިކަން ޢާމްކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

24 ޖޫން 2024