ދިވެހިރާއްޖެ
ދ.އަތޮޅު ތައުލީމީ މަރުކަޒުގެ އިމާރާތްތަކުގެ ބޭރުގައި ކުލަލާނެ ފަރާތެއް ހޯދުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި މަރުކަޒުގެ އިމާރާތްތަކުގެ ބޭރުގައި އަމިއްލަތަކެތީގައި ކުލަ ލާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި އިއުލާނާއިއެކު އެއްހީރަސް ކުރެވިފައިވާ މައުލޫމާތު ޝީޓާއި އެއްގޮތަށް އަމިއްލަތަކެތީގައި މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު، މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
މިބީލަންމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 03 ޖުލައި 2024 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް، ބިޑް ރަޖިސްޓްރޭޝަން ލިންކް މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރ ކުރާ ފަރާތްތަކަށެވެ. އަދި 04 ޖުލައި 2024 ވާ ބުރާސްފަތި ދުވަހު 13:00 ގައި ޕްރީބިޑް ސެޝަންއެއް މި މަރުކަޒުގައި އޮންނާނެއެވެ. ޕްރީބިޑް ސެޝަންގައި ބައިވެރިނުވިކަމުގައިވީނަމަވެސް ބީލަން ހުށަހެޅޭނެއެވެ.
ބީލަން ރަޖިސްޓްރޭޝަން ލިންކް: https://forms.gle/SgU2GcUBdmaYTBct8
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 8 ޖުލައި 2024 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ 11 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
މިޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެވާހަކަވެސް ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދ. ކުޑަހުވަދޫ، ދިވެހިރާއްޖެ
ފޯން: 7952914
އީ-މެއިލް: [email protected]
24 ޖޫން 2024