ވަޒީފާގެ ފުރުޞަތު
ނަންބަރު: HPL/I-2015/02
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2015
ޕަބްލިޝްކުރި ގަޑި: 10:24
ސުންގަޑި: 25 މޭ 2015 15:30
ހިތަދޫ ޕޯޓް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި ކުންފުނީގެ މިދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއްޖެ

މަޤާމު: އެސިސްޓެންޓެ މެރިން ސާރވިސް އޮފިސަރ ގރ.1   

އަސާސީ މުސާރަ: -/5،180 ރުފިޔާ

ބޭނުންވާ އަދަދު: 01

ފެންވަރު ނުވަތަ ޝަރުޠު (ތަޢުލީމާއި ތަޖުރިބާ): މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު ޖީ.ސީ.އީއޯލެވެލް "އިނގިރޭސި" މިމާއްދާ ހިމަނައިގެން 4 މާއްދާއިން ފާސްވެފައިވުން. އަދި ސެކަންޑަރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން، ނުވަތަ މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

މަޤާމު: ރިސެޕްޝަނިސްޓް ގރ.1

އަސާސީ މުސާރަ: -/5،180 ރުފިޔާ

ބޭނުންވާ އަދަދު: 01

ފެންވަރު ނުވަތަ ޝަރުޠު (ތަޢުލީމާއި ތަޖުރިބާ):

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު ޖީ.ސީ.އީއޯލެވެލް "އިނގިރޭސި" މިމާއްދާ ހިމަނައިގެން 4 މާއްދާއިން ފާސްވެފައިވުން އަދި ސެކަންޑްރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން، ނުވަތަ މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

މަޤާމު: ލޭބަރ ގރ.1   

އަސާސީ މުސާރަ: -/3640 ރުފިޔާ

ބޭނުންވާ އަދަދު: 06

ފެންވަރު ނުވަތަ ޝަރުޠު (ތަޢުލީމާއި ތަޖުރިބާ): ގްރޭޑް 7 ގެ ފެންވަރު ހުރުން، ލިޔަންކިޔަން ދަންނަ މީހެއްކަމުގައިވުން، ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއެއްގައި އުޅެ ތަޖުރިބާ ލިބިފައިވުމާއެކު، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހެއް ކަމުގައިވުން. ޢުމުރުން 50 އަހަރު ނުވާ ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހެއް ކަމުގައިވުން.

އިތުރު މަޢުލޫމާތު: މި މަޤާމުތަކަށް މުސާރައިގެ އިތުރުން ހާރޑްޝިޕް އެލަވަންސް، ރިސްކް އެލަވަންސް އަދި އިތުރު ގަޑީގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.

ސިޓީ ފޮނުއްވުމުގެ މުއްދަތަކީ 25 މޭ 2015ގެ 15:30 ގެ ކުރިންނެވެ. ސިޓީ ހުށަހަޅުއްވާއިރު ވަޒީފާއަށް އެދޭ ފަރާތުގެ އައިޑީ ކާޑުގެ ދެފުށުގެ ކޮޕީއާއި، ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު) ހުށަހަޅުއްވަންވާނެއެވެ. ކުރިން އެހެން ވަޒީފާއެއް އަދާކޮށްފައިވާނަމަ އެތަނަކާއި، އުޅެފައިވާ މުއްދަތު އަދި މަޤާމު އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް އެދިލައްވާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 8558 688 އަށް ގުޅުއްވުން އެދެމެވެ.

25 ރަޖަބު 1436

14 މޭ 2015