މަސައްކަތް
ނަންބަރު: (IUL)384/384/2024/33
ޕަބްލިޝްކުރި ތާރީޚް: 24 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 13:08
ސުންގަޑި: 30 ޖޫން 2024 11:00
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤަބުރުސްތާނު ސާފްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތައް ކުރިއަށްއޮތް ދެއަހަރަށް މިރަށު ޤަބުރުސްތާނު ސާފްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި (IUL)384-A/2024/21 ނަމްބަރ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށައަޅާފައި ނުވާތީ އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 ޖޫން 2024 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު  [email protected] އަށް  އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މަޢުލޫމާތު ޝީޓް އަދި ރަޖިސްޓްރޭޝަން ފޯރމް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. ނުވަތަ މަތީގައިވާ ތާރީޚްގެ ކުރިން ރަސްމީ ގަޑީގައި މިކައުންސިލަށް ޙާޟިރުވެ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް މިއިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ. ބިޑް ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ދެންނެވިފައިވާ ތާރީޚަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

v     ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވާ ތާރީޚަކީ 30 ޖޫން 2024 ވާ އާދީއްތަ ދުވަހުގެ 11.00 ގެ ކުރިން

v     އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 4 ޖުލައި ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީނުވާ އެއްވެސް ފަރާތެއްގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6780034 އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ޖޫން 2024