ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)383-MS&IM/383/2024/89
ޕަބްލިޝްކުރި ތާރީޚް: 24 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 11:28
ސުންގަޑި: 27 ޖޫން 2024 23:59
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

ދިއްފުށީގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ކާސްޓިންގެ މަސައްކަތް ކުރުމަށް، ރަށުގެ ބަނދަރުގެ އުތުރު ކޮޅުން، ބަނދަރާއި އިންވެގެން ހުރި އިމާރާތާއި އިމާރާތް ހިމެނޭހެން އެމަސައްކަތްކުރުމަށް އެކަށީގެންވާ ބިމެއް 02 (ދޭއް) އަހަރުދުވަހުގެ މުއްދަތަށް އަންގިރި ރިސޯޓް މެނޭޖްމެންޓް އެންޑް އޮޕަރޭޝަން ޕްރެވެޓް ލިމިޓެޑަށް ކުއްޔަށް ދިނުމަށް ކައުންސިލުންވަނީ ނިންމާފައެވެ.

ވީމާ، އެ ޢިމާރާތާއި (ފެރީޓާމިނަލް) ރޭމްޕާއި އަދި މި އިޢުލާނާއެކު އާންމުކޮށްފައިވާ ސަރައްހައްދުގައި އެއްވެސް މީހެއްގެ މުދަލެއްވާނަމަ، މިއަދުން ފެށިގެން 03 (ތިނެއް) ދުވަސް ތެރޭގައި އެތަކެތި ނަގައި ސާފުކުރުމަށް އެތަކެތީގެ ވެރިފަރާތްތަކަށް އަންގަމެވެ. އަދި މި މުއްދަތުގެ ތެރޭގައި އެ ތަކެތި ނުނަގައިފިނަމަ، މިއިދާރާއިން ކަނޑައަޅާ ގޮތެއްގެ މަތީން އެ ތަކެތި ނަގައި ބިން ސާފުކުރުމުގެ މަސައްކަތް ކުރާނެ ވާހަކަ އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

24 ޖޫން 2024