ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)233-CA/233/2024/8
ޕަބްލިޝްކުރި ތާރީޚް: 23 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 11:15
ސުންގަޑި: 30 ޖޫން 2024 13:30
އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލީގަލް އެސިސްޓެންޓް

މަޤާމު:

ލީގަލް އެސިސްޓެންޓް

މަޤާމުގެ ނަންބަރު:

J-397071

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

CS7-5, CS7-4, CS7-3, CS7-2, CS7-1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ، އއ.ރަސްދޫ

މުސާރަ:

CS7-5

މަހަކު، 9,610.00 ރުފިޔާ  

 

CS7-4

މަހަކު، 9,220.00 ރުފިޔާ  

 

CS7-3

މަހަކު، 8,840.00 ރުފިޔާ  

 

CS7-2

މަހަކު، 8,440.00 ރުފިޔާ  

 

CS7-1

މަހަކު، 8,050.00 ރުފިޔާ  

ސަރވިސް އެލަވަންސް:

CS7-5

މަހަކު، 3,750.00 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

މަހަކު މުސާރައިގެ %35 (ތިރީސް ފަހެއް އިންސައްތަ)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި ހިންގައި ބެލެހެއްޓުމާއެކު އެ ނިންމުންތައް ތަންފީޒު ކުރުމަށްޓަކައި ޢަމަލީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
  2. ކައުންސިލުގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  3. އަތޮޅު ކައުންސިލާއި ރަށު ކައުންސިލުގެ ނަމުގައި ދައުވާ ކުރުމާއި ކައުންސިލުގެ މައްޗަށް ދަޢުވާކުރާ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން
  4. އަތޮޅު ކައުންސިލަށް ޤާނޫނީ ލަފާދިނުމާއި އެކަމާ ގުޅޭ އެންމެހައި މަސައްކަތް
  5. އަތޮޅުގެ ރަށު ކައުންސިލްތަކަށް ޤާނޫނީ ލަފާދިނުމާއި އެކަމާގުޅޭ އެންމެހައި މަސައްކަތް
  6. އަތޮޅު ކައުންސިލާއި ރަށު ކައުންސިލުތަކުން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލުމާއި ގަވާއިދުތަކާއި އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާގުޅޭ އެންމެހައި މަސައްކަތްތައް
  7. އަތޮޅު ކައުންސިލާއި ރަށު ކައުންސިލުތަކުން ނިންމާ ނިންމުންތަކުގައި ޤާނޫނާއި ގަވާޢިދުތަކާ ތަޢާރަޟުވާ ކަންކަން ހުރިތޯ ބަލައި އެފަދަ ކަންކަން ކައުންސިލްތަކުގެ ސަމާލުކަމަށް ގެނައުމަށް ކުރަންޖެހޭ ކަންކަންކުރުން.
  8. ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް، އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް އޮޑިޓް ކުރުމުގެ ކަންކަން އޮޑިޓަރ ޖެނެރަލް އޮފީހަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް
  9. އެކްސްޓާނަލް އޮޑިޓް ރިޕޯޓްތަކުން ފާހަގަވާ ކަންކަން އިސްލާޙު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ އެ ފިޔަވަޅުތައް އަޅަމުން ގެންދިއުން
  10. އަތޮޅު ކައުންސިލްގެ އިންޓާނަލް އޮޑިޓް ޕްލޭންތައް ތައްޔާރުކުރުމާއި، ޕްލޭނާ އެއްގޮތަށް އިންޓާނަލް އޮޑިޓްތައް ކުރިއަށް ގެންދިއުމާއި ރިޕޯޓް ތައްޔާރުކޮށް ކައުންސިލަށް ހުށަހެޅުން
  11. އިންޓާނަލް އޮޑިޓް ތަކުން ފާހަގަވާ ކަންކަން ރަނގަޅު ކުރުމަށް ކަމާބެހޭ ސެކްޝަން / ޔުނިޓްތަކަށް ނޯޓު ފޮނުވުމާއި ރަނގަޅުކުރަމުން ދާގޮތް ބަލައި، އޭގެ ރެކޯޑްތައް ބެލެހެއްޓުން
  12. އިންޓާނަލް އޮޑިޓް ކޮމިޓީ އާއި މޮނިޓަރިންގ ކޮމިޓީ އެކުލަވާލުމާއި، ދެ ކޮމިޓީގެ އިދާރީ މަސައްކަތްތައް ހިންގާ ބެލެހެއްޓުން
  13. ރަށު ކައުންސިލްތަކުގެ އިންޓާނަލް އޮޑިޓް ޕްލޭންތައްޔާރު ކުރުމާއި، އިންޓާނަލް އޮޑިޓް ކުރިއަށް ގެންދިއުމަށް ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  14. ކައުންސިލްތައް މޮނިޓަރ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ޝެޑިއުލް ތައްޔާރުކޮށް ކައުންސިލްތަކަށް ފޮނުވުން
  15. މޮނިޓަރިންގ ޓީމު އެކުލަވާލުމާއި، މޮނިޓަރިންގ އަށް ބޭނުންވާ ފައިސާގެ ތަފްޞީލް ތައްޔާރުކޮށް ކަމާބެހޭ ސެކްޝަނަށް ފޮނުވުން
  16. މޮނިޓަރިން ޓީމުގެ ދަތުރާއި އެކޮމަޑޭޝަން ކަންކަން އިންތިޒާމުކުރުން
  17. ޑިޝްކަސިންގ ޕޭޕަރ ކޮމެންޓަށް ފޮނުވުމާއި، ކޮމެންޓަށް ފަހު ރިޕޯޓް ތައްޔާރުކޮށް ފޮނުވުން
  18. މޮނިޓަރިންގ އިން ފާހަގަވާ ކަންކަން ރަނގަޅު ކުރުމަށް ދޭ ލަފަޔާ އެއްގޮތަށް ކަންކަން ރަނގަޅު ކުރަމުންދޭތޯ ފޮލޯއަޕް ކުރުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް
  19. ޕާރފޯމަންސް އިންޑެކްސް އާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތް
  20. ލާމާރުކަޒީ ގާނޫނާއި، މާލިއްޔަތު ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެހާ ރިޕޯޓުތައް ކައުންސިލްތަކުން ހޯދުމާއި، ރިޕޯޓް ފޮނުވި ގޮތުގެ ނޫސްބަޔާން ތައްޔާރުކޮށް ޢާންމުކުރުން
  21. ރަށުކައުންސިލްތަކުގެ ކޮމްޕްލައިންސް އޮޑިޓްކުރުމާއި ގުޅޭ އެންމެހައި މަސައްކަތް
  22. އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގެ މެނޭޖްމަންޓް އޮޑިޓްގެ އެންމެހައި މަސައްކަތް
  23. ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ (2019/16) ދަށުން އިންތިޒާމުކުރަންޖެހޭ އެންމެހައި އިންތިޒާމުތައް އިދާރާގައި ހަމަޖެއްސުމާއި، ވިސްލްބްލޯވަރ ޕްރޮޓެކްޝަން ކޮމިޓީގެ މަސައްކަތްތައް ކުރުން
  24. ޖެންޑަރ އީކުއަލިޓީ ޤާނޫނު (2016/18) ގެދަށުން އިދާރާގައި ޤާއިމުކުރަންޖެހޭ އެންމެހައި ކަންކަން ހަމަޖެއްސުމާއި އިދާރާއަށް ހުށަހެޅޭ ޝަކުވާތައް، ޝަކުވާ ބަލާކޮމިޓީއަށް ހުށަހެޅުމާއި، މައްސަލަތައް ހިންގާ ބެލެހެއްޓުން
  25. ގެވެށި އަނިޔާ އާއި ޖިންސީ ތަފާތުކުރުންތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.

ބިމާބެހޭ މައްސަލަތަކާއި، ގޯތި ނުވަތަ ގޯތިންބައެއް ނުވަތަ ބިމެއް ލިބިފައިވޭތޯ ބެލުމަށް ހުށަހެޅޭ މައްސަލަތައް ހިންގާ ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

CS7-5

ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑުގެ، ސީ.އެސް 7-4 ގްރޭޑުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އިން މަތިން މާކްސް ހޯދާފައިވުން،

 

CS7-4

ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑުގެ، ސީ.އެސް 7-3 ގްރޭޑުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އިން މަތިން މާކްސް ހޯދާފައިވުން،

 

CS7-3

ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑުގެ، ސީ.އެސް 7-2 ގްރޭޑުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އިން މަތިން މާކްސް ހޯދާފައިވުން،

 

CS7-2

ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑުގެ، ސީ.އެސް 7-1 ގްރޭޑުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އިން މަތިން މާކްސް ހޯދާފައިވުން،

 

CS7-1

ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ތަޢުލީމީ ދާއިރާ

ލޯ، ޝަރީޢާ އެންޑް ލޯ

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ލޯ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

ޕްރެކްޓިކަލްސް

30

ޕްރެޒެންޓޭޝަން އަދި އިންޓަވިއު

ޕްރެޒެންޓޭޝަން

10

30

އިންޓަވިއު

20

މަޤާމަށް އައްޔަންކުރެވޭނީ، ޕްރެކްޓިކަލްސް އާއި ޕްރެޒެންޓޭޝަން އަދި އިންޓަވިއު މިއިން ކޮންމެ ބަޔަކުން މަދުވެގެން 15 ޕޮއިންޓް ލިބުމާއެކު ކްރައިޓީރިއާގެ ހުރިހާ ބަޔަކުން، ޖުމްލަ 60 ޕޮއިންޓަށްވުރެން މަތިން ލިބިގެންނެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، 2024 ޖޫން 30 ވަނަ ދުވަހުގެ، 13:30ގެ ކުރިން، އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އެސެސްމަންޓް އަދި އިންޓަރވިއު (ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި، ޕްރެކްޓިކަލް އިމްތިޙާނު  އޮންނާނީ،2024 ޖުލައި 03 އާއި 2024 ޖުލައި 11 އާ ދެމެދު، އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6660606 އަށެވެ. އީ-މެއިލް ކުރާނީ، [email protected] އަށެވެ.

ލީގަލް އޮފިސަރުންގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/Policy/Index/40) އިން ލިބެން ހުންނާނެއެވެ.

23 ޖޫން 2024