ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)330-B/330/2024/41
ޕަބްލިޝްކުރި ތާރީޚް: 23 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 09:06
ސުންގަޑި: 04 ޖުލައި 2024 00:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ކާށިދޫއިން ގޯތިލިބުމަށް ބޭނުންވާ މީހުން ދެނެގަތުން

ކ.ކާށިދޫއިން ގޯތިލިބުމަށް ބޭނުންވާ މީހުން ދެނެގަތުން

މިރަށުގެ ލޭންޑްޔޫސް ޕްލޭން ފާސްވުމާއި ގުޅިގެން މިރަށުން ގޯތި ދޫކުރުމަށް ވާންޖެހޭ ތައްޔާރީތަށް މިކައުންސިލުން އެކުލަވާލާފައިވާ ގޯތި ކޮމިޓީއިން ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން މިއަހަރު ގޯތިދިނުމަށް ނިންމާފައިވަނީ 2    ކެޓަގަރީއަކުންނެވެ. އެއީ 18 އަހަރުން މަތީގެ ކެޓަގަރީ އަދި ނުކުޅެދުންތެރިކަން ހުންނަފަރާތްތަކުގެ ކެޓަގަރީއެވެ. މި 2 ކެޓަގަރީ އިން މިރަށުން ގޯތިބޭނުންވާ މީހުން ދެނެގަތުމަށްޓަކައި ނަގާ ސާވޭއަކަށް، މިރަށުގެ ރަށްވެހިންގެ ތެރެއިން 18 އަހަރު ފުރިފައިވާ ފަރާތްތަކުގެ ތެރެއިން ގޯތިލިބިފައިނުވާ އަދި މީހަކާ އިނދެގެން އުޅޭފަރާތެއް ނަމަ އަނބި/ފިރިމީހާގެ ނަމުގައި ގޯއްޗެއް ނެތް މީހުންގެ ތެރެއިން، ގޯތި ބޭނުންވާ ފަރާތްތަކުން 23 ޖޫން 2024 އިން ފެށިގެން 04 ޖުލައި 2024 ގެ ނިޔަލަށް ރަސްމީގަޑީގައި އޮފީހަށް ދުރުވެ ނަންނޯޓްކުރެއްވުމަށް ދަންނަވަމެވެ. ނުވަތަ https://forms.gle/vt6bPV18iWPfQDPm7

ލިންކުގައިވާ ގޫގުލް ފޯމު މިމުއްދަތުގައި ފުރުއްވުން އެދެމެވެ. ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 ޖޫން 2024