ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-PD/266/2024/121
ޕަބްލިޝްކުރި ތާރީޚް: 23 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 09:03
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ޓޫރިޒަމް ޑެސްކް ގާއިމް ކުރުން

ކުޅުދުއްފުށި ސިޓީގައި ހޯމްސްޓޭ، ގެސްޓްހައުސް އަދި ޓޫރިސްޓް ހޮޓެލް ހިންގުމުގެ މަގު ފަހިކޮށް ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން, ކުޅުދުއްފުށި ސިޓީގައި ހޯމްސްޓޭ، ގެސްޓްހައުސް އަދި ޓޫރިސްޓް ހޮޓެލް ހިންގުމުގެ އުޞޫލު އެކުލަވާލެވި، ފަތުރުވެރިކަމާއިބެހޭ ވުޒާރާއިން ހޯމްސްޓޭގެ ގޮތުގައި ގެސްޓްހައުސް ހިންގުމަށް ސިޓީ ކައުންސިލަށް ދޫކުރާ ހުއްދަލިބި، މިއިދާރާގެ ޓޫރިޒަމް ޑެސްކް އެވުޒާރާގައި ރަޖިސްޓްރީ ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

ކުޅުދުއްފުށި ސިޓީގައި ހޯމްސްޓޭ، ގެސްޓްހައުސް އަދި ޓޫރިސްޓް ހޮޓެލް ހިންގުމުގެ އުޞޫލު ގެޒެޓްކުރެވިފައިވާ ލިންކް ތިރީގައި އެވަނީއެވެ.

https://www.gazette.gov.mv/iulaan/294242

ޓޫރިޒަމް ޑެސްކް ޚިދުމަތްތައް ލިބެން ހުންނާނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 08:00 އިން ރޭގަނޑު 08:00 އަށް އީމެއިލް ނުވަތަ ފޯނުގެ ޒަރިއްޔާއިންނެވެ.

ފޯނު: 7971621

އީމެއިލް: [email protected]  

 ވީމާ، މިކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމަތަށްޓަކައި އާންމުކޮށް އިޢުލާންކުރަމެވެ.

23 ޖޫން 2024