ދިވެހިރާއްޖެ
އިޢުލާން
އިނގުރައިދޫ ކައުންސިލްގެ ބަށި މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުމާއި ގުޅޭ
މި ރަށުގެ އަންހެންކަބަލުންގެ މެދުގައި އެކުވެރިކަން އާލާކޮށް، އެކުގައި މަސައްކަތްކުރުމުގެ ރޫޙު ދިރުވާ، އިޖުތިމާޢީ ރޫހާއި ކުޅިވަރުގެ ރޫޙު އާލާކޮށް ދިރުވުމަށް، އަދި ފެންވަރު ރަނގަޅު ބަށިބޯޅަ ކުޅުންތެރިންތަކެއް އުފެއްދުމަށާއި، ޒުވާން ކުޅުންތެރިންނަށް މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ކައުންސިލުން އިންތިޒާމުކޮށް ބޭއްވުމަށް ހަމަޖެހިފައިވާ ބަށިމުބާރާތުގައި ބައިވެރިވުމަށް ކުރެވިފައިވާ މިއިދާރާގެ ނަންބަރު: (IUL)309-AHI/309/2024/71 އިޢުލާނުގެ މުއްދަތު 30 ޖޫން 2024 އާދިއްތަ ދުވަހުގެ 13:00 އަށް އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. އެހެންކަމުން ބަށި މުބާރާތުގައި ބައިވެރިވުމަށް ތިރީގައި މިވާ ގޫގުލް ލިންކް މެދުވެރިކޮށް ފޯމް ހުށަހެޅުއްވުން އެދެމެވެ.
ގޫގުލް ލިންކް: https://forms.gle/GcYoLQ8zLCdc8RYB7
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.