ދިވެހިރާއްޖެ
HMH/IUL/2024/088
މަޤާމް: ރޭޑިއޯގްރަފީ އެސިސްޓެންޓް (ޓްރޭނީ)
ބޭނުންވާ ޢަދަދު:01 ( އެކެއް )
މަޤާމުގެ ގިންތި: ކޮންޓްރެކްޓް
ކޮންޓްރެކްޓްގެ މުއްދަތު: 1 އަހަރާއި 11 މަސް
މަޤާމުގެ ކްލެސިފިކޭޝަން: ރޭޑިއޯގްރަފީ އެސިސްޓެންޓް
ޑިޕާޓްމަންޓް: ރޭޑިއޮލޮޖީ ޑިޕާޓްމަންޓް
މަސައްކަތް ކުރަންޖެހޭ ތަން:ރޭޑިއޮލޮޖީ ޑިޕާޓްމަންޓް
ތަޢުލީމާއި ތަޖުރިބާ:
މަޤާމު: ރޭޑިއޯގްރަފީ އެސިސްޓެންޓް (ޓްރޭނީ) - ޕީ.އެސް ރޭންކް 4
1- މަތީ ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން "ސައިންސް"ގެ 2 މާއްދާއިން ދައްވެގެން "އީ" ގްރޭޑް ލިބިފައި ވުމާއެކު، "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދައްވެގެން "ސީ" ގްރޭޑް ލިބިފައިވުން ނުވަތަ:
2- ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން "ސައިންސް"ގެ 2 މާއްދާއިން ދައްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދައްވެގެން "ސީ" ގްރޭޑް ލިބިފައިވުން. އަދި ދިވެހިރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒުން، ސައިންސްގެ ދާއިރާއިން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ފައުންޑޭޝަން ސްޓަޑީޒް ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން.
މަޤާމުގެ އަސާސީ މުސާރަ: 8190.00 ރުފިޔާ ( މަހަކު )
މަޤާމުގެ އެލަވަންސް: 2456.00 ރުފިޔާ ( މަހަކު )
ޙާޟިރީ ޢިނާޔަތް: 67.00 ރުފިޔާ ( މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް )
މަޤާމު: ރޭޑިއޯގްރަފީ އެސިސްޓެންޓް (ޓްރޭނީ) - ޕީ.އެސް ރޭންކް 3
1- ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން "ސައިންސް"ގެ 2 މާއްދާއިން ދައްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދައްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
މަޤާމުގެ އަސާސީ މުސާރަ: 7581.00 ރުފިޔާ ( މަހަކު )
މަޤާމުގެ އެލަވަންސް: 2274.00 ރުފިޔާ ( މަހަކު )
ޙާޟިރީ ޢިނާޔަތް: 62.00 ރުފިޔާ ( މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް )
އެހެނިހެން އެލަވަންސް:
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިޔުޝަން.
- ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (01 މޭ 2023 އިސްލާހާއި އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:
- ރޭޑިއޮލޮޖީ ޑިޕާޓްމަންޓަށް އަންނަ ބަލިމީހުންނަށް ބޭނުންވާ ކަންތައްތަކަށް މަގުފަހިކޮށްދިނުން.
- އަލްޓްރާ ސައުންޑް ސްކޭން ރޫމްގައި ރޭޑިއޮލޮޖިސްޓަށް އެހީތެރިވުން އަދި ރޭޑިއޮލޮޖިސްޓް ތައްޔާރު ކުރައްވާފައިވާ ރިޕޯޓް ޓައިޕް ކުރަން އެހީތެރިވެދިނުން.
- ރޭޑިއޮލޮޖީ ޑިޕާޓްމަންޓުގައި ހަދާ ހުރިހާ އިންވެސްޓިގޭޝަންތަކާއި ރިޕޯޓް ލިޔަންޖެހޭ ހުރިހާ އެކްސްރޭތަކުގެ ރިޕޯޓް، ޑޮކްޓަރ ލިޔުއްވުމުން ޓައިޕްކުރުން.
- ރިޕޯޓްތަކުގެ ރެކޯޑްސްތައް ބަލަހައްޓާ ދުވަހުން ދުވަހަށް ފައިލްކުރުން.
- ރޭޑިއޮލޮޖީ ޑިޕާޓްމަންޓްގެ ލިޔެކިޔުންތައް ޓައިޕްކުރުން.
- ރޭޑިއޯގްރަފަރ ގެ މަސައްކަތުގައި އެހީތެރިވެދިނުން.
- ރޭޑިއޮލޮޖީ ޑިޕާޓްމަންޓްގެ ކައުންޓަރގައި ދޭންޖެހޭ ޚިދުމަތްތައް ދިނުން.
- ހޮސްޕިޓަލުގެ ސިޔާސަތުތައް ހާސިލްކުރުމަށް ކުރެވޭ އެންމެހާ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.
ކުރިމަތިލުމުގެ ސުންގަޑި: 04 ޖުލައި 2024 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން
މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ކޮވެލި ބިލްޑިންގ 4 ވަނަ ފަންގިފިލާ އަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާ ފޯމުތަކަށް، ފޯމު ބަލައިގަތް ކަމުގެ މެއިލް ފޮނުވާނެއެވެ. މެއިލްއަށް ޖަވާބު ނުލިބޭނަމަ ވަޒީފާގެ އިޢުލާނުގައިވާ އީދާރީ އޮފީސް ނަންބަރަށް ގުޅުއްވުމަށްފަހު ފޯމު ލިބިފައިވޭތޯ ޗެކްކުރައްވަންވާނެއެވެ.
- ވަޒީފާއަށް އެދޭ ފޯމު
- ސީވީ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
- އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން
- ޕޮލިސް ރިޕޯޓް
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.