ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ހުޅުމާލެ ފޭސް 1 ގެ ގޮފި އަދި ފޭސް 2 ގެ އަމީލް ޖަލީލް މިސްކިތުގެ ކްލާސްރޫމްތަކުގައި ކުރަންޖެހޭ މަސައްކަތްތައް ކޮށްދިނުމަށް ފުރުޞަތު ހުޅުވާލަމެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 ޖޫން 25 ވާ އަންގާރަ ދުވަހުގެ 10:30 އަށް މައުލޫމާތު ސާފުކުރުމަށް މި މަރްކަޒަށް ވަޑައިގަތުމަށް ދެންނެވީމެވެ.
އަންދާސީ ހިސާބު ހުށައެޅުމާއި ހުޅުވުން އޮންނާނީ 2024 ޖުލައި 04 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި މަރުކަޒުގެ އިދާރާގައި، އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ނުވަތަ އެފަރާތްތަކުން ކަނޑައަޅާފައިވާ ފަރާތްތަކުގެ އެއް ޙާޟިރުގައެވެ. ބިޑް މީޓިންގ ގައި އެއްވެސް ޑޮކިއުމަންޓަކަށް އުނިއިތުރެއް ގެނައުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
މި ޚިދުމަތް ދިނުމަށްއެދި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެވިޔަފާރި، ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އަންދާސީހިސާބު ހުށަހެޅުން
އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއް ގައެވެ. ސިޓީއުރައިގެ ބޭރުގައި " ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ހުޅުމާލެ ފޭސް 1 ގެ ގޮފި އަދި ފޭސް 2 ގެ އަމީލް ޖަލީލް މިސްކިތުގެ ކްލާސްރޫމްތަކުގައި ކުރަންޖެހޭ މަސައްކަތްތައް ކޮށްދިނުމަށް " މިހެން ލިޔެފައި އޮންނަން ވާނެއެވެ. މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވެލައްވާނަމަ، ރަސްމީ ގަޑީގައި މި މަރުކަޒުގެ 3019340/3019300 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
ބީލަމާގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް
ޕްރޮކިޔުމަންޓް ސެކްޝަން
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު
ފޯން: 3019340/3019300
އީ-މެއިލް: [email protected]