ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މި މިނިސްޓްރީން އުކާލަންޖެހޭ ކުނި ދުވާލަކު އެއްފަހަރު އުކާލާނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު IUL)25-A2/1/2015/18)ފ(27 އެޕްރީލް 2015) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ ތިން ފަރާތަށްވުރެ މަދުން ކަމުގައިވާތީ އަލުން އެ ބީލަން ހުޅުވާލަމެވެ.
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 21 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިނިސްޓްރީއަށް ވަޑައިގެން ނަންނޯޓްކުރައްވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 މޭ 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީއަށް ވަޑައިގެން ނަންނޯޓްކުރައްވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3323400 ނަންބަރު ފޯނާއެވެ.