ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)LHAH-AH/LHAH/2024/48
ޕަބްލިޝްކުރި ތާރީޚް: 20 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 21:22
ސުންގަޑި: 27 ޖޫން 2024 14:00
ޅ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ ( ސަޕޯރޓް ސާރވިސް ޔުނިޓް ) ގެ މަޤާމަށް މީހަކު ހޯދުން

ޅ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރެއްވުމަށް ޝަވްޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝަޢުޤުވެރިކަން ހުރި ޤާބިލް ފަރާތެކެވެ.

 

އެސިސްޓެންޓް ޑިރެކްޓަރ  

މަޤާމް:

J-342539

މަޤާމުގެ ނަންބަރު:

01 ( އެކެއް )

ބޭނުންވާ ޢަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

އެމް އެސް 3

މަޤާމުގެ ރޭންކް:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ކްލެސިފިކޭޝަން:

ޅ. އަތޮޅު ހޮސްޕިޓަލް      

ވަޒީފާ އަދާކުރަންޖެހޭ ތަން:

7035.00 ރުފިޔާ

މުސާރަ:

2000.00 ރުފިޔާ

ސާރވިސް އެލަވަންސް:

1-      ސަޕޯރޓިންގ ކޯ އެލަވަންސް ގެ ގޮތުގައި މަހަކު 900.00 ރ

2-      ހެލްތް އެލަވަންސް މުސާރައިގެ %35

3-      ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިޔުޝަން.

4-      ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން ޢިނާޔަތްތައް.

5-      ހަމަޖެހިފައިވާ އުޞޫލުން ޑިޔުޓީ އަދި ރިސްކް އެލަވަންސް

އެހެނިހެން އެލަވަންސް:

  • ހޮސްޕިޓަލްގެ ސަޕޯރޓް ސާރވިސް ޔުނިޓްގެ ޚިދުމަތް ރަގަނޅުކޮށް ޒަމާނީކުރުމަށް ކުރަންޖެހޭ މަސައްކަތްތައްބަލާ އެމަސައްކަތް ކުރުމާއި ، ޚިދުމަތްތައް ކުރިޔަށް ގެންދިއުމަށް ބޭނުންވާ އެސް އޯ ޕީ ތައް ތައްޔާރުކޮށް ގެންނަން ޖެހޭ ބަދަލްތައް ގެނައުން
  • ހޮސްޕިޓަލްގެ ޖެނެރަލް އަދި މެޑިކަލް ސްޓޮކް އާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް ހިންގާ ބެލެހެއްޓުމާއި ހޮސްޕިޓަލްގެ ޚިދުމަތްތައް މެދެކެނޑިގެން ނުދާނެ ގޮތުގެމަތިން ސްޓޮކަށް ތަކެތި ހޯދާ ބެލެހެއްޓޭނެ އިންތިޒާމް މާލިއްޔަތު ޤާވާޢިދާއި އެއްގޮތްވާ ގޮތުގެމަތިން އިންތިޒާމްކޮށް ބެލެހެއްޓުން.
  • ހޮސްޕިޓަލް އަދި ހޮސްޕިޓަލްގެ ދަށުން ހިގަމުންދާ ޞިއްޙީ މަރުކަޒުތަކުގެ އައި ޓީ އާއި ގުޅުންހުރި އެންމެހާ ކަންކަން ތަރައްޤީކޮށް ބެލެހެއްޓުމާއި ، ބޭނުންވާ ސޮފްޓްވެއަރތައް ޑިވެލޮޕް ކުރުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުމާއި ، އިންފޮރމޭޝަން ސިސްޓަމް ހަރުދަނާކޮށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މަސައްކަތްކުރުވުން.
  • ހޮސްޕިޓަލާއި ހޮސްޕިޓަލްގެ ދަށުން ހިގަމުންދާ ޞިއްޙީމަރުކަޒުތަކުގެ ޚިދުމަތުގައި ބޭނުންކުރާ މެޝީނަރީޒްއާއި އިކްވިޕްމަންޓްސްގެ ޙާލަތު ދުވަހުން ދުވަހަށްބަލާ ، މަރަމާތު ކުރަންޖެހޭ ޙާލަތްތަކުގައި ރިޕެއަރ ކުރުމަށް އިނޖިނިއަރުންފޮނުވުމާއި އަދި މެޝިންތަކާއި އިކުއިޕްމަންޓްސް މާލެގެނެސްގެން ރިޕެއަރ ކުރަންޖެހޭ ޙާލަތްތްކުގައި އެ އެހީތެރިކަން ފޯރުކޮށްދީ އެކަންކަން ޙައްލު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުވުން.
  • ހޮސްޕިޓަލާއި ހޮސްޕިޓަލްގެ ދަށުން ހިގަމުންދާ ޞިއްޙީމަރުކަޒުތަކުގެ ކަރަންޓް ވިއުގަތަރައްޤީ ކުރުމަށް ކުރަންޖެހޭ ކަންކަން ބެލެހެއްޓުމާއި، ކުރަންޖެހޭ މަރާމާތުތައް ކަމާއި ގުޅުންހުރި މުވައްޒަފުން މެދުވެރިކޮށް ކުރުވުން.
  • ހޮސްޕިޓަލްގެ ޢިމާރާތްތަކާއި ގޯތިތެރެ ސާފުކޮށް ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ ހައުސްކީޕިންގ މަސައްކަތް ރާވާ ހިންގާ ބެލެހެއްޓުމާއި އަދި ލޯންޑްރީއާއި އާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް ރާވާ އިންތިޒާމްކޮށް ޚިދުމަތްތައް މެދުކެނޑިގެން ނުދާނެ ގޮތެއްގެ މަތިން މަސައްކަތްތައް ރާވާ އިންތިޒާމްކުރުން.
  • ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެހުންނަވާ ފަރާތެއްގެ މަޝްވަރާގެ މަތިން ހޮސްޕިޓަލާއި އަތޮޅުގެ ޞިއްޙީޚިދުމަތްދޭ މަރުކަޒުތަކުގެ މަރާމާތު ކުރެވެމުންދޭތޯ ބަލާ މޮނިޓަރ ކުރުމާއި އަދި އިމާރާތާއި ގޯތީގެ މުއާމަލާތްތައް ކުރުމުގައި މިނިސްޓްރީގެ ލަފާ ލިޔުމުން ހޯދުމަށްފަހު ކުރިއަށް ގެންދިއުން.
  • ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ދަށުގައިވާ ޢިމާރާތްތައް ސާފުކޮށް ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ރާވާ ހިންގާ ބެލެހެއްޓުން
  • ހޮސްޕިޓަލުގެ ސަޕޯރޓް ސާރވިސް ޔުނިޓް ހިންގުމުގެ އެންމެހާ ކަންތައްތައް ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެހުންނަވާ ފަރާތެއްގެ މަޝްވަރާގެ މަތިން ރާވާ ހިންގާ ބެލެހެއްޓުމާއި، ގިންތި ކޮށްފައިވާ މިންވަރަށް ޚިދުމަތް ދިނުމަށް ބޭނުންވާ އެންމެހާ ކަންކަން އެކުލަވާލާފައިވާ އޮނިގަނޑާ އެއްގޮތަށް މަސައްކަތްތައް ރާވާ މުވައްޒަފުންނާއި މަސައްކަތްތައް ޙަވާލުކުރުމާއި މަސައްކަތްތަކުގެ ފެންވަރު ހިފެހެއްޓުން
  • ހޮސްޕިޓަލާއި ހޮސްޕިޓަލްގެ ދަށުން ހިގަމުންދާ ޞިއްޙީމަރުކަޒުތަކުގެ އެންމެހާ މަރާމާތުތައް ބަލާ މޮނިޓަރ ކުރުވުމާއި ، ހޮސްޕިޓަލްގެ ބަޖެޓުން ކުރެވެން ނެތް މަރާމާތުތައް މިނިސްޓްރީގެ ލަފާގެ ދަށުން ކުރެވޭނެ އިންތިޒާމް ތައް ހަމަޖެއްސުމަށް މަސައްކަތް ކުރުން.
  • ހޮސްޕިޓަލާއި ޞިއްޙީމަރުކަޒުތަކުގައި ބޭނުންކުރެވޭ އުޅަދު ފަހަރާއި އެއްގަމު ވެހިކަލްތަކުގެ އަހަރީފީ އާއި ގުޅުންހުރި އެންމެހާ ކަންކަން ބެލެހެއްޓުމާއި ، ވެހިކަލްތަކުގެ މެއިންޓަނަންސްއާއި ގުޅުންހުރި އެންމެހާ ކަންކަން ދުވަހުންދުވަހަށް ބަލާ، ކުރަންޖެހޭ މަރާމާތުތައް ކުރުވުން.
  • ޔުނިޓަށް ލިބޭ ސިޓީތައް އެންޓަރކޮށް ފައިލްކޮށް ބެލެހެއްޓުމާއި ސިޓީތަކަށް ޖަވާބުދިނުމާއި ޑިވިޜަނުން ފޮނުވަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވަމުންދޭތޯ ޔަގީންކުރުން.
  • ސުޕަވައިޒްކުރަންޖެހޭ މުވައްޒަފުންގެ ފެންވަރު ބެލުމުގެ ގޮތުން ފުރިހަމަ ކުރަންޖެހޭ ފޯމުތައް ފުރައި، ކަނޑައެޅިފައިވާ ތާރީޚަށް ނިންމުން
  • މަސައްކަތުގެ ވަގުތުގައި ޑިއުޓީގައި ތިބޭ އެހެން މުވައްޒަފުންގެ މަސައްކަތްތަކަށްވެސް އެހީތެރިކަންދީ އެކުވެރި މާޙައުލެއް އުފެއްދުމަށް މަސައްކަތްކުރުމާއި ، މުވައްޒަފުން ބައިވެރިވާ އިޖްތިމާއީ ކަންކަމުގައި އަމަލީގޮތުން ބައިވެރިވެ ހަރަކާތްތެރިވުން.
  • ހޮސްޕިޓަލްގެ ޢާއްމު އުޞޫލުތަކާއި ޤަވާޢިދުތަކަށް މުވައްޒަފުންނާއި، ޢާއްމު އިޙްތިރާމް ކުރުމަށް ބާރުއަޅާ މަސައްކަތް ކުރުމާއި، މަސައްކަތްކުރާ ތަނަކާއި މާހައުލު ސާފުތާހިރުކޮށް ބޭއްވުމުގެ މައްޗަށް ސަމާލުކަންދީގެން މަސައްކަތްކުރުވުން.
  • ވަޒީފާގެ މަސްއޫލިއްޔާތާއި ގުޅިގެން ސުޕަވައިޒަރާއި ވެރިން ހަވާލުކުރާ މަސައްކަތްތައް ކުރުން.
  • މީގެއިތުރުން ހޮސްޕިޓަލަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި އެންމެން ޝާމިލުވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވެ އެހީތެރިވެދިނުން.
  • މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުމާއި، ހޮސްޕިޓަލްގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުމާއި ، މުވައްޒަފުން ގުޅިގެންކުރާ މަސައްކަތާއި އެކިއެކި އިޖްތިމާޢީ ، އަދި ޚާއްޞަ ދުވަސްތައް ފާހަގަ ކުރުމުގެ ގޮތުން ހޮސްޕިޓަލްގެ ފަރާތުން ހިންގާ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވުން.
  • ހޮސްޕިޓަލްގެ ޢާއްމު އުޞޫލުތަކާއި ޤަވާޢިދުތަކަށް މުވައްޒަފުންނާއި، ޢާއްމު އިޙްތިރާމް ކުރުމަށް ބާރުއަޅާ މަސައްކަތް ކުރުމާއި، މަސައްކަތްކުރާ ތަނަކާއި މާހައުލު ސާފުތާހިރުކޮށް ބޭއްވުމުގެ މައްޗަށް ސަމާލުކަންދީގެން މަސައްކަތްކުރުވުން.
  • މަސައްކަތުގައި އިޚްލާޞްތެރިވެ، ހޮސްޕިޓަލުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވަޒީފާ ބަޔާނުގައި ހިމެނިފައި ނެތްނަމަވެސް ހޮސްޕިޓަލުން މުވައްޒަފުގެ އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި، މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި ހޮސްޕިޓަލުން ޙަވާލުކުރެވޭ އިތުރު މަސައްކަތްތައް ފުރިހަމައަށް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބްތައް:

1-      މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 05  ގެ ޑިޕްލޮމާ ނުވަތަ ލެވެލް 06 ގެ އެޑްވާންސްޑް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީއެއް ޙާޞލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 04 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2-      މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 07 ނުވަތަ 08 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3-      މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 09 ގެ މާސްޓަރސް ޑިގްރީއިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ޝަރުތުތައް:

-          ތަޢްލީމީ ރޮނގުތައް:

-          އެޑްމިނިސްޓްރޭޝަން

-          ބިޒްނަސް އެޑްމިނިސްޓްރޭޝަން

-          ބިޒްނަސް މެނޭޖްމަންޓް

-          މެނޭޖްމަންޓް

-          ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

-          މަޤާމުގެ ޕްރިފާރޑް ޑިސިޕްލިން

-          ބިޒްނަސް އެޑްމިނިސްޓްރޭޝަން

-          ބިޒްނަސް މެނޭޖްމަންޓް

-          ޕަބްލިކް އެޑްމިނިސްޓްރޭޝަން

-          އެޑްމިނިސްޓްރޭޝަން

-          މެނޭޖްމަންޓް

ގުޅޭ ވަޒީފާގެ ދާއިރާތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ، ހޮސްޕިޓަލްގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ހުށަހަޅަންޖެހޭ ލިޔުންތައް:

-          އަސާސީ ޝަރުތު ހަމަވުން                         %30

-          އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢްލީމް          %5

-          ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް  %5

-          އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖްރިބާ          %5

-          އެސެސްމަންޓް ( އިމްތިހާނު ނުވަތަ ޕްރެކްޓިކަލް )          

-          ޕްރެސެންޓޭޝަން                               

-          އިންޓަރވިއު                                   30%

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް.

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ޅ. އަތޮޅު ހޮސްޕިޓަލަށެވެ. ފޯމާއި ލިޔުންތައް އީ މެއިލް (jobs@lhah.gov.mv ) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

ޝޯޓްލިސްޓް ކުރުން:

މިމަޤާމަށް   މީހަކު  ހޮވުމަށް  ބޭއްވޭ   އިންޓަރވިއު އަދި އެސެސްމަންޓް  އޮންނާނީ 05 ޖުލައި 2024 ން 25 ޖުލައި 2024 އާއި ދެމެދު ޅ. އަތޮޅު ހޮސްޕިޓަލް ގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުން ، އެ ތާރީޚްތަކުގައި އިންޓަރވިއުއަށް އަދި އެސެސްމަންޓް އަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް ( A2 ފޯމު ) ޢާއްމުކޮށް ފެންނާނެހެން މި އިދާރާގައި އަދި މިއިދާރާގެ ވެބްސައިޓްގައި ޢާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު ޢާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ޅ. އަތޮޅު ހޮސްޕިޓަލަށް ހުށަހަޅަންވާނެއެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް ) ޢާންމުކުރުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ރަސްމީގަޑީގައި 6620151  ނަމްބަރ ފޯނާއެވެ. އީ މެއިލް ކުރާނީ  (jobs@lhah.gov.mv )   އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

20 ޖޫން 2024