ނީލަން
ނަންބަރު: (IUL)14-PR/1/2024/65
ޕަބްލިޝްކުރި ތާރީޚް: 20 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 14:52
ސުންގަޑި: 02 ޖުލައި 2024 11:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ހދ.ހަނިމާދޫ ކަސްޓަމްސްގައި ބޭނުން ކޮށްފައިވާ 01 ވޭން ނީލަމުގައި ވިއްކުމާބެހޭ.

      ހދ.ހަނިމާދޫ ކަސްޓަމްސްގައި ބޭނުންކޮށްފައިވާ 01 ވޭން ނީލަން ކިއުމަށް ކުރިން ބޭއްވުނު ނީލަންތަކުގައި އެއްވެސް ފަރާތަކުން ބައިވެރިވެފައިނުވާތީ، އަލުން ދުވަހު ނީލަމުގެ އުޞޫލުން ނީލަން ކިޔުން 02 ޖުލައި 2024 ވާ އަންގާރަ ދުވަހު ހެނދުނު 11:00ގައި ހަނިމާދޫ ކަސްޓަމްސްގައި އޮންނާނެއެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި ނީލަންފެށޭ އަގު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

      ނީލަމުގައި ވިއްކާލާ ތަކެތީގެ ހާލަތު ބެއްލެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނީލަން އޮންނަ ދުވަހު ނީލަން ކުރިއަށްދާ ސަރަޙައްދަށް ވަޑައިގަތުމުން އެ އިންތިޒާމް ހަމަޖެހޭނެ ކަމުގައި ދަންނަވަމެވެ.

      ނީލަން ކާމިޔާބުކުރާ ފަރާތުން 24 (ސައުވީސް) ގަޑިއިރުތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv  އަށް ދެއްކެވުމަށްފަހު، ތަކެތި 03 (ތިން) ދުވަހުގެ ތެރޭގައި ގެންދަވަން ވާނެއެވެ.

 

      ވީމާ،  ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން 02 ޖުލައި 2024 ވާ އަންގާރަ ދުވަހު ހެނދުނު 11:00 އަށް ހަނިމާދޫ ކަސްޓަމްސްއަށް ހާޟިރުވެވަޑައިގަތުމަށް ދަޢުވަތު އަރުވަމެވެ. އަދި ނީލަމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުމަށާއި ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން އެނގޭނެ ލިޔުމަކާއި ދެފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ގެންނެވުން އެދެމެވެ.

      މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ޖޫން 2024