ދިވެހިރާއްޖެ
04 ޖޫން 2024 ވީ އަންގާރަ ދުވަހު ކުރެވުނު މިއެސޯސިއޭޝަންގެ އިޢުލާން ނަންބަރު: TTAM/IUL/141/2024/09 އާއި 2024 އަދި 09 ޖޫން 2024 ވީ އާދީއްތަ ދުވަހު ކުރެވުނު މިއެސޯސިއޭޝަންގެ އިޢުލާން ނަންބަރު: TTAM/IUL/141/2024/09 އަދި 16 ޖޫން 2024 ވީ އާދީއްތަ ދުވަހު ކުރެވުނު މިއެސޯސިއޭޝަންގެ އިޢުލާން ނަންބަރު: TTAM/IUL/141/2024/12 އާއި ޙަވާލާދީ ދަންނަވަމެވެ.
އިޢުލާންކޮށްފައިވާ ގޮތުގެ މަތިން މިއެސޯސިއޭޝަންގެ 2024 އިން 2028 އަށް އައު ދައުރަކަށް އިންތިޚާބު ކުރެވޭ ހިންގާ ކޮމިޓީގެ އިންތިޚާބު 10 ޖުލައި 2024 ވާ ބުދަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމުގައި ދަންނަވަމެވެ. އަދި، 13 ޖޫން 2024 ގެ 14:00 ގެ ކުރިން މިއެސޯސިއޭޝަންގެ ފުރިހަމަ މެމްބަރުކަން ކަށަވަރު ކޮށްފައިވާ 2024 ވަނަ އަހަރަށް މެމްބަރޝިޕް ފީ ދައްކާފައިވާ މެމްބަރުންގެ ލިސްޓް މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާކަން ދަންނަވަމެވެ.
އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ފުރިހަމަ މެންބަރުންގެ ލިސްޓާމެދު އެއްވެސް ފަރާތެއްގެ ޝަކުވާ އެއްވާނަމަ 20 ޖޫން 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް ލިޔުމަކުން ހުށަހެޅުއްވުންއެދެމެވެ.
އަދި، އިންތިޚާބީ ޖަލްސާ އޮންނާނެ ވަގުތާއި ތަން ފަހުގެ ތާރީޙެއްގައި އިޢުލާނު ކުރެވޭނެކަންވެސް އެންމެހާ މެމްބަރުންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ. އިތުރު މަޢުލުމާތު ބޭނުންފުޅުވެލައްވާނަމަ 7779140 ނަންބަރާއި ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.