ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު
މަސައްކަތުގެ ތަފުސީލު
01 އަހަރު ދުވަހުގެ މުއްދަތަށް މި ކޮމިޝަނުން (ވެލާނާގޭގެ 12 ވަނަ ފަންގިފިލާ) އާއި މިކޮމިޝަނުގެ ދަށުން ހިނގަމުންދާ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް (އެމް.އެން.އެސް.އެލް. ބިލްޑިންގ 1 ވަނަ އަދި 2 ވަނަ ފަންގިފިލާ) އިން ކުނި އުކައިދިނުމުގެ މަސައްކަތް ކުރުން.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން
މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 21 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ސިވިލް ސަރވިސް ކޮމިޝަންގެ އިދާރާ (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުން
މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 24 މޭ 2015 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ސިވިލް ސަރވިސް ކޮމިޝަންގެ އިދާރާ (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:
- ފޯން: 3307314/3303647
- ފެކްސް: 3303648
- އީމެއިލް: [email protected]
- ވެބްސައިޓް: www.csc.gov.mv