ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-B/426/2024/260
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 15:46
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނަސާބަތާއި ގުޅިގެން އައްޑޫސިޓީގެ އަވަށްތަކުގައި ފެނާއި ކުލަ ޖެހުމުގެ ހަރަކާތްތަކާއި ގުޅޭ

އިޢުލާން

ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނަސާބަތާއި ގުޅިގެން އައްޑޫސިޓީގެ އަވަށްތަކުގައި ފެނާއި ކުލަ ޖެހުމުގެ ހަރަކާތްތަކާއި ގުޅޭ

                 1445 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދާއި ގުޅިގެން އައްޑޫސިޓީގެ އާންމު ތަންތަނާއި މަގުތަކުގައި އާންމުންނަށް އުނދަގޫވާނެހެން ފެން އަދި ކުލަ ޖެހުމަކީ މަނާ ކަމެއް ކަމުގައި ދެންނެވީމެވެ. އަދި މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި ދޭތެރޭ ޤާނޫނާއި ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އެޅިގެންދާނެ ކަމުގައި ދެންނެވީމެވެ. އަދި މިފަދަ ހަރަކާތްތައް ހިންގުމަށް ކައުންސިލުން ވަކި ސަރަޙައްދުތަކެއް ކަނޑައަޅާފައިވުމާއި އެކު އެފަދަ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ނަމަ ކައުންސިލްގެ ހުއްދަ ލިބިގެން ކަނޑައެޅޭ ސަރަޙައްދުތަކުގައި ހަރަކާތްތައް ހިންގުމަށް ހުއްދަ ދެވޭނެ ވާހަކަ ދެންނެވީމެވެ.

 

09 ޛުލްޙިއްޖާ  1445

15 ޖޫން 2024

15 ޖޫން 2024