ބީލަން
ނަންބަރު: (IUL)425-A2/1/2024/209
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 23:58
ސުންގަޑި: 02 ޖުލައި 2024 11:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުޅުމާލެ ފޭސް 2 ގައި ޤާއިމް ކުރެވެމުންދާ ކެޓްޝެލްޓާރ އަށް ބޭނުންވާ އިކުއިޕްމެންޓްސް އާއި މެޓީރިއަލްސް ހޯދުމާ ގުޅޭ،

ހުޅުމާލެ ފޭސް 2 ގައި ޤާއިމް ކުރެވެމުންދާ ކެޓްޝެލްޓާރ އަށް ބޭނުންވާ އިކުއިޕްމެންޓްސް އާއި މެޓީރިއަލްސް ހޯދުމަށް ބޭނުންވެއްޖެއެވެ.

        

ވީމާ، މިތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2024 ޖުލައި 02 ވާ އަންގާރަ ދުވަހުގެ 11:00 އަށް ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ / ކަރަންކާމަގު، މާލޭ ސިޓީ ކައުންސިލްގެ އިދާރާ / އެޑްމިން ސެކްޝަން، މީޓިން ރޫމަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ އެޓޭޗްކުރެވިފައިވާ ކޮންމެ ލިސްޓަކަށް ވަކިން، ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، އިޢުލާން ނަންބަރު އެނގޭނެހެން ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

މި އިޢުލާނާއި އެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ. މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 2024 ޖޫން 27 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން [email protected]އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

 

ނޯޓް: އަގު ހުށަހަޅުއްވާނީ ކޮންމެ ލިސްޓަކަށް ވަކިވަކިންނެވެ. ބޭނުންފުޅުވާ ލިސްޓަކަށް އަގު ހުށަހެޅިދާނެއެވެ. އިވެލުއޭޓްކުރާނީ ކޮންމެ ލިސްޓެއް ވަކިންނެވެ.

 

 

13 ޖޫން 2024