މަސައްކަތް
ނަންބަރު: (IUL)23-AP/23/2015/37
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2015
ޕަބްލިޝްކުރި ގަޑި: 09:09
ސުންގަޑި: 28 މޭ 2015 09:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ނ.ކުޑަފަރީ ޞިއްޙީ މަރުކަޒުގައި ކުރަންހުރި މަރާމާތުތައް ކުރުމަށް ކުރެވުނު ނަންބަރު: AP/1/2015/91-ފ23(IUL)ފ(23 އެޕްރީލް 2015) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވަން ހާޒިރުވީ އެންމެ ފަރާތަކުން ކަމަށްވާތީ، އެއިޢުލާން ބާޠިލުކޮށް، ނ.ކުޑަފަރީ ޞިއްޙީ މަރުކަޒުގައި ކުރަންހުރި މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 މޭ 21 ވާ ބުރާސްފަތި ދުވަހުގެ 9:00 އަށް ނ.އަތޮޅު ހޮސްޕިޓަލަށާއި ނ.ކުޑަފަރީ ޞިއްޙީ މަރުކަޒަށް އަދި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 މޭ 28 ވާ ބުރާސްފަތި ދުވަހުގެ 9:00 އަށް ނ.އަތޮޅު ހޮސްޕިޓަލަށާއި ނ.ކުޑަފަރީ ޞިއްޙީ މަރުކަޒަށް އަދި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

25 ރަޖަބު 1436

14 މޭ 2015