ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-MP/286/2024/69
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 21:46
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
15 އަދި 16 ޖޫން 2024 ގައި ގޭބިސީތަކުން ކުނި ނެގުމާ ގުޅޭ
ގޭބިސީތަކުން ކުނިނެގުމަށް މިކައުންސިލުން ކަނޑައަޅާފައިވާ ތާވަލާ ޙަވާލާދީ ދަންނަވަމެވެ. 1445 ވަނަ އަހަރުގެ އަޟްޙާ ޢީދު ބަންދާ ގުޅިގެން، ގޭބިސީތަކުން ކުނިނެގުމަށް ހަމަޖެހިފައިވާ ތާވަލަށް އަންނަނިވި ބަދަލުތައް ގެނައުމަށް މި ކައުންސިލުން ނިންމާފައިވާތީ މިކަން އެންމެހާ ރައްޔިތުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.
ތާރީޚް |
ނެގުމަށް ހަމަޖެހިފައިވާ ކުނީގެ ބާވަތް |
15 ޖޫން 2024 (ހޮނިހިރު) |
ގޭބިސީތަކުގެ ފަތްކުނި، ބަދިގެ ކުނި، ނެޕީ، ޕެޑް |
16 ޖޫން 2024 (އާދީއްތަ) |
ބަދިގެ ކުނި، ނެޕީ، ޕެޑް |
ޢީދު ބަންދުގެ މިނޫން އެހެން ދުވަސްތަކުގައި ގޭބިސީތަކުން ކުނި ނަގަމުން ގެންދާނީ މިހާރުވެސް ޢަމަލުކުރަމުންދާ ތާވަލާ އެއްގޮތަށްކަމުގައި ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
07 ޛުލްޙުއްޖާ 1445
13 ޖޫން 2024
13 ޖޫން 2024