މަސައްކަތް
ނަންބަރު: (IUL)23-AP/23/2015/38
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2015
ޕަބްލިޝްކުރި ގަޑި: 09:09
ސުންގަޑި: 28 މޭ 2015 11:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ތ.ވިލުފުށީ ޞިއްޙީ މަރުކަޒުގައި ކުރަންހުރި މަރާމާތުތައް ކުރުމަށް ކުރެވުނު ނަންބަރު IUL)TAH-A/INDIV/2015/07)ފ(12 އެޕްރީލް 2015) އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ، އެއިޢުލާން ބާޠިލުކޮށް، ތ.ވިލުފުށީ ޞިއްޙީ މަރުކަޒުގައި ކުރަންހުރި މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 މޭ 21 ވާ ބުރާސްފަތި ދުވަހުގެ 11:30އަށް ތ.އަތޮޅު ހޮސްޕިޓަލަށާއި ތ.ވިލުފުށީ ޞިއްޙީ މަރުކަޒަށް އަދި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 މޭ 28 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ތ.އަތޮޅު ހޮސްޕިޓަލަށާއި ތ.ވިލުފުށީ ޞިއްޙީ މަރުކަޒަށް އަދި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

25 ރަޖަބު 1436       

14 މޭ 2015