ދިވެހިރާއްޖެ
މިރަށު ޤަބުރުސްތާނު އިންފާރަށް ގެއްލުންވާގޮތަށް ހުރި ގަސްތަކާއި އަދި ޤަބުރުސްތާނުގެ ތެރޭގައި ހެދިފައިވާ މިރިހި ގަސްތަކާއި އަދި އެހެނިހެން ގަސްތަކާއި ވިނަތައް ނަގައި ބިން އަލިކޮށް ސާފުކޮށްދިނުމާއެކު، ގޯތީގެ 4 ކަނުގައި 4 ލައިޓް ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 މޭ 20 ވާ ބުދަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި 2015 މޭ 27 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މިއިދާރާއަށް ދުރުވެދެއްވުން އެދެމެވެ. އަންދާސީހިސާބުތައް ކެނޑުން އޮންނާނީ ހިސާބުތައް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. އަންދާސީހިސާބު ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި "ޤަބުރުސްތާނު ސާފުކުރުމާއި ލައިޓް ޖެހުމުގެ މަސައްކަތަށް އެދި" މިހެން ލިޔުމަށްފަހުގައެވެ.
ތިރީގައިމިވާ ހާލުތަކުގައި އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަން:
- މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ބޭފުޅުންގެ އަންދާސީހިސާބުތައް
- ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީހިސާބުތައް
- ގަޑިޖެހުމަށްފަހު ގެންނަ އަންދާސީހިސާބުތައް
- މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް
- މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ ހިސާބުތައް
- މިއޮފީހުން އަންދާސީހިސާބު ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ އަންދާސީހިސާބު