ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-4B/426/2024/251
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 17:58
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ރަށުތެރެ ސާފުކުރުމާ ބެހޭ

އިޢުލާން

ރަށުތެރެ ސާފުކުރުމާ ބެހޭ:

          މިދުވަސްވަރު މާލެއާއި ބައެއް އަތޮޅުތަކުން ޑެންގީ ހުން ޖެހިގެން ރިޕޯޓް ކުރާ މީހުން އިތުރުވަމުން އަންނާތީ، މަދިރި މަދުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމާ ބެހޭ ފަރާތްތަކުން ދަނީ އަންގަމުންނެވެ. އެހެންކަމުން، ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރަމެވެ. އެގޮތުން މަދިރި އާލާވާގޮތަށް ހުންނަ ތަންތަން ސާފުކޮށް ގެއާއި ގޯތިތަކުގައި ދިގުކޮށް ހެދިފައި ހުރި ވިނަތަކާއި، މަގުތަކަށާއި ގެއާއި އިންވެގެން ހުންނަ ގޭގެއަށް ދަތިވާގޮތަށް ހުރި ގަސްތައް ކޮށައި ސާފުކޮށް ބެހެއްޓުމަށް ދަންނަވަމެވެ.

           

07 ޛުލްޙިއްޖާ 1445

13 ޖޫން 2024

13 ޖޫން 2024