ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)14-PR/1/2024/64
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 16:17
ސުންގަޑި: 30 ޖޫން 2024 14:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ކަސްޓަމްސް އޮފިސަރުންގެ އޮޕަރޭޝަނަލް ޔުނިފޯމް އަދި ރަސްމީ ޔުނިފޯމް-2 ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ.

    މި އޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް،ކަސްޓަމްސް އޮފިސަރުންގެ އޮޕަރޭޝަނަލް ޔުނިފޯމް އަދި ރަސްމީ ޔުނިފޯމް-2 ފަހާ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. 

    ވީމާ، މި އިޢުލާނާއިއެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެ މަތިން، މިތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 30 ޖޫން 2024 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،04ޖުލައި 2024 ވާބުރާސްފަތިދުވަހުގެ 14:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅުއްވާ ފަރާތްތަކަށާއި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. 

    ބީލަމުގައި ރަޖިސްޓްރީވުމަށް ([email protected]) އަށް 30 ޖޫން 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މެއިލް ފޮނުއްވުން އެދެމެވެ.އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113/ 3334272 ފޯނަށް ގުޅުއްވުން އެދެމެވެ. 

13 ޖޫން 2024