ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ އަޟްޙާ ޢީދު ކުޅިވަރުތައް ކުރިޔަށް ގެންދާ ސްޓޭޖް ޞަރަހައްދުން ގާޑިޔާ/ކެންޓީނު ހިންގުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިގޮތުން ހުޅުވާލުމަށް ހަމަޖެހިފައިވަނީ 2 ފުރުސަތެވެ. ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ މިކަމަށް އެދި ހުށަހަޅާ ފަރާތުގެ މެދުގައި ގުރުއަތުން ހޮވޭ ދެފަރާތަކެށެވެ. މިކަމުގެ އަގެއްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ ކޮންމެ ގާޑިޔާ/ކެންޓީންއަކުން ދުވަހަކަށް -/100 ރުފިޔާއެވެ. ގާޑިޔާ /ކެންޓީން ބެހެއްޓުމުގެ ހުއްދަދެވޭ ދެފަރާތުގެ އިތުރުން އެހެން އެއްވެސް ފަރާތަކަށް ޢީދު ކުޅިވަރުތައް ކުރިޔަށްގެންދާ ސަރަހައްދުގައި ގާޑިޔާ /ކެންޓީން ބަހައްޓައިގެން ވިޔަފާރި ކުރުމުގެ ފުރުސަތު ނުދެވޭނެކަމުގައި ދަންނަވަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2024 ޖޫން 15 ވާ ހޮނިހިރު ދުވަހުގެ 13:00 އަށް ސިޓީ އަދި ވިޔަފާރިއެއްނަމަ ރަޖިސްޓްރީ ކޮޕީ ނުވަތަ އަމިއްލަ ފަރުދެއްނަމަ އައި.ޑީ ކާޑް ކޮޕީ ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއެކު ގާޑިޔާ/ ކެންޓީން ދޫކުރުމާއި ބެހޭ އުޞޫލު ޢާއްމު ކުރީމެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 9968392 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.