ބީލަން
ނަންބަރު: (IUL)251-EDSS/251/2024/83
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 13:13
ސުންގަޑި: 03 ޖުލައި 2024 14:00
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ދިއްދޫ އުތުރުން ބިން ހިއްކާފައިވާ ސަރަޙައްދުން ބިން ކުއްޔަށް ދޫކުރުން

ހއ ދިއްދޫ އުތުރުން ބިން ހިއްކާފައިވާ ސަރަޙައްދުގައި މީހުން ދިރިއުޅޭ ހައުސިންގ ޔުނިޓްތަކާއި އިންވެގެން އޮތް ވައިލެޓް 18، 20، 21 އެވެ ކިޔާ 2500 އަކަފޫޓުގެ 03 ހުސްބިން  15 އަހަރު ދުވަހުގެ މުއްދަތަށް ވިޔަފާރި ކުރުމަށް، ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  1. ކުއްޔަށް ދޫކުރެވޭ ހުސް ބިންތަކުގެ ތަފްޞީލު

ބިމުގެ ނަން

ޖުމްލަ އަކަފޫޓް

ބިމުގެ ނަން

ޖުމްލަ އަކަފޫޓް

ވައިލެޓް 18

2500

ވައިލެޓް 20

2500

ވައިލެޓް 21

2500

 

 

 

  1. ބިންކުއްޔަށްދޫކުރުމަށްހަމަޖެހިފައިވާގޮތް

(ހ)   މި ބިން ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރާނީ  "ހއ ދިއްދޫގައި ހުރި ހުސްބިންތައް ކުއްޔަށް ދޫކުރުމުގައި ބޭނުންކުރާނެ ޢާންމު އުސޫލު 2023" އާ އެއްގޮތަށެވެ.

(ށ)    މި އިޢުލާނުގެ ދަށުން ކުއްޔަށް ދޫކުރެވޭ ޢިމާރާތްތައް ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރާފޯމް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 13 ޖޫން 2024 ވާ ބުރާސްފަތި ދުވަހުން ފެށިގެން 03 ޖުލައި 2024 ވާ ބުދަ ދުވަހުގެ ނިޔަލަށް، ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި، ކޮންމެ ދުވަހަކުވެސް މި ކައުންސިލްގެ އިދާރާގެ ރަސްމީގަޑީގައި މި ކައުންސިލްގެ އިދާރާގެ ރިސެޕްޝަނަށް ރަޖިސްޓަރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected]  އަށް ރަޖިސްޓަރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެނެވެ.

(ނ)  ބީލަން ހުށަހަޅާ ފޮތް މި ކައުންސިލުން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ހުށަހަޅާ ފޮތެއްގެ އަގަކީ 25.00 (ފަންސަވީސް) ރުފިޔާއެވެ.

(ރ)  ބީލަންފޮތް ބައްލަވައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން ފައިސާ ޖަމާކުރާނީ މި އިދާރާގެ 001 700364 7714 1289 (Revenue 1) އެކައުންޓަށެވެ. ފައިސާ ޖަމާކުރި ސްލިޕް ވައިބަރ ކުރައްވާނީ 9197563 ނަންބަރަށެވެ. ފައިސާ ޖަމާކުރައްވާއިރު ސްލިޕްގެ ރިމާކްސްގައި ކުއްޔަށްހިފަންއެދޭ ބިމުގެ ނަން ލިޔަންވާނެއެވެ.

(ބ)    ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 04 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ވައިލްޓް 11 ގައެވެ. އަދި ބީލަންތައް ބަލައިގަންނާނީ ބީލަން ހުށަހަޅާ ފަރާތްތައް ނުވަތަ ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި ދުރުވާ ފަރާތްތަކުގެ ހާޟިރުވެއެވެ.

ވީމާ، މި ކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ. އަދި މި އިޢުލާނުގައި ބުނެފައިވާ ބިން ކުއްޔަށް ދޫކުރުމުގެ ގޮތުން މި އިދާރާއިން ޢަމަލުކުރާނެ ގޮތުގެ އުޞޫލާއި، އެ ބިން އޮންނަ ތަން އެނގޭނެ ޗާޓް، މި އިޢުލާނާއިއެކު ޢާއްމު ކުރީމެވެ.

13 ޖޫން 2024