ދިވެހިރާއްޖެ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
މިނިސްޓްރީ އޮފް ހެލްތް
މާލެ، ދިވެހިރާއްޖެ
(IUL) 182-REG/23/2024/6 :ނަންބަރު
އެލާރޓް
ތައިލޭންޑުގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ Seven Stars Pharmaceutical Co., Ltd. އިން ބޭސް އުފެއްދުމުގައި ބޭނުންކޮށްފައިވާ Sorbitol (އެކްސީޕިއެންޓެއް) ގައި ނުރައްކާތެރި ކެމިކަލްގެ މާއްދާއެއް އެކުލެވިގެންވާތީ، ތައިލޭންޑުގެ ބޭސް ރެގިއުލޭޓް ކުރާ އޮތޯރިޓީ (Thai FDA) އިން ތިރީގައިމިވާ ބޭސްތައް ވަނީ ރިކޯލް ކޮށް، އެކަން މިއޮތޯރިޓީއާއި ހިއްސާ ކޮށްފައެވެ.
Seven Stars Pharmaceutical Co., Ltd., Thailandގެ މިބޭސްތަކަކީ ރާއްޖެއަށް އިމްޕޯރޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ލިސްޓް (އެޕްރޫވްޑް ޑްރަގް ލިސްޓް) ގައި ހިމެނޭ ބޭސްތަކެއް ނޫނެވެ.
ނަމަވެސް، ތައިލޭންޑަކީ ދިވެހިން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމަކަށްވެފައި، ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް ތައިލެންޑުން ބޭސް އެތެރެކުރާތީ، މިކަމަށް ސަމާލުވުމަށް ދަންނަވަމެވެ.
އަދި ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން، ބޭސް ސިޓީއަށް ބޭސް އެތެރެ ކުރާއިރު ހާއްސަ ސަމާލު ކަމެއްދީގެން ޕޯރޓްތަކުގައި ބަލައިފާސް ކުރަމުން ގެންދާނެކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މިކަމާއި ގުޅޭ އިތުރު މައުލޫމާތު މިއޮތޯރިޓީގެ ހޮޓްލައިން ނަންބަރ: 7200321 އަށް ގުޅުއްވުން އެދެމެވެ.