ދިވެހިރާއްޖެ
'މޯލްޑިވްސް ކްލައިމެޓް ޗޭންޖް ޕޮލިސީ ފްރޭމްވާރކް' އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި އިވެންޓް މެނޭޖްކޮށް، ޙަފުލާ ބާއްވާ ހޯލް ތައްޔާރުކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: IUL)438-PRCU/1/2015/44)ފ(04 މޭ 2015) އިޢުލާނަށް ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ މަދު ފަރާތްތަކަކުން ކަމަށްވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ޢަމަލުކުރާނޭ ގޮތްތަކަށް އަލިއަޅުވާލައި ތައްޔާރުކޮށް އެކުލަވާލާފައިވާ 'މޯލްޑިވްސް ކްލައިމެޓް ޗޭންޖް ޕޮލިސީ ފްރޭމްވާރކް' އިފްތިތާޙު ކުރުމުގެ ގޮތުން 15 ޖޫން 2015 ވާ ހޯމަ ދުވަހު ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތުގައި ކުރިއަށް އޮތް 10 އަހަރު (2014 – 2024) މޫސުމަށް އަންނަ ބަދަލުތަކަށް ސަރުކާރުން އަދި ރައްޔިތުން ޢަމަލުކުރާނޭ ގޮތްތައް އެކުލަވާލާ ސިޔާސަތުތައް އިފްތިތާޙު ކުރުމުގެ ގޮތުން ސަރުކާރުގެ އިސްވެރިންނާއި ކަމާބެހޭ އެންމެހައި ފަރާތްތައް ހިމަނައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ދޮޅުގަޑިއިރުގެ ރަސްމިއްޔާތެކެވެ.
ރަސްމިއްޔާތުގައި އިވެންޓް މެނޭޖްކޮށް، ޙަފުލާ ބާއްވާ ހޯލް ތައްޔާރުކޮށްދޭ ފަރާތުން ތިރީގައިވާ ކަންތައްތައް ހަމަޖެއްސުމަށް ބޭނުންވޭ
- ޙަފުލާއާ ގުޅޭ 'ތީމް' ކޮންސެޕްޓެއް ކަނޑައެޅުން
- ބެކްޑްރޮޕްއާއި ބެނަރ ފަރުމާކުރުމާއި، ޕްރިންޓްކުރުން އަދި ޙަފުލާ ބާއްވާ މާލަމުގައި ހަރުކުރުން
- އިތުރަށް ޒީނަތްތެރި ކުރުމުގެ ގޮތުން ލައިޓު ސެޓް ކުރުން
- ޙަފުލާގައި އިވެންޓު މެނޭޖުކުރުމުގެ މަސައްކަތް
- އަދި ޙަފުލާއާ ގުޅިގެން ހިންގާ އެހެނިހެން ހަރަކާތްތައް
ރަސްމިއްޔާތުގައި އިވެންޓް މެނޭޖްކޮށް، ޙަފުލާ ބާއްވާ ހޯލް ތައްޔާރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބޭނުންވާނޭ ތަފުސީލު އަދި ކަމާބެހޭ އިތުރު މަޢުލޫމާތު ހިމެނޭ 'ޓާމްސް އޮފް ރިފަރެންސް' މިނިސްޓްރީގެ ވެބްސައިޓުން (www.environment.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 މޭ 2015 ވާ ބުދަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީގެ ތިރީގައިވާ އެޑްރެހަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުޅުވުން އޮންނާނީ 27 މޭ 2015 ވާ ބުދަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ 2 ވަނަ ފަންގިފިލާގެ މީޓިންގރޫމުގައެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ފޯން: 3018300
ފެކްސް:3018301
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv