ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: RS/IUL/2015/52
ޕަބްލިޝްކުރި ތާރީޚް: 13 މޭ 2015
ޕަބްލިޝްކުރި ގަޑި: 09:02
ސުންގަޑި: 28 މޭ 2015 11:00
ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
ވޯޓަރ ކޫލަރ ގަތުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލަށް ބޭނުންވާ 9 ވޯޓަރ ކޫލަރ ގަންނަން ހޯދުނު 2 ވަނަ ނަންބަރު: RS/IUL/2015/28ފ(12 އެޕްރީލް 2015) އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، މި ސްކޫލަށް ބޭނުންވާ 9 ވޯޓަރ ކޫލަރ ގަތުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ އޮފީހަށް ވަޑައިގެންނެވުމަށް ދެންނެވީމެވެ. އަދި 28 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 11:00އަށް އަންދާސީހިސާބު މި ސްކޫލުގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3359901 ނަންބަރު ފޯނާއެވެ.

24 ރަޖަބު 1436

13 މޭ 2015