މުބާރާތް
ނަންބަރު: (IUL)328-ED/328/2024/72
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 08:33
ސުންގަޑި: 15 ޖޫން 2024 20:00
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ސާފު ކުރެންދޫ ވީޑިއޯ" މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

"ސާފު ކުރެންދޫ ވީޑިއޯ" މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

                މި ކައުންސިލުން ކުރިއަށް ގެންދާ ކުނިމެނޭޖް ޕްރޮގްރާމް އަދި ކުރެންދޫގެ މަގުތައް ސާފު ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ހޭލުންތެރިކަން އިތުރުކުރުމާއި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ރަށުފެންވަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ސާފު ކުރެންދޫ" ވީޑިއޯ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު 09 ޖޫން 2024 ން 15 ޖޫން 2024 ވަނަ ދުވަހުގެ 20:00 ގެ ނިޔަލަށްވަނީ ހުޅުވާލެވިފައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ތިރީގައި މިދަންނަވާގޮތަށެވެ.

1. މުބާރާތް ހުޅުވާލެވިފައިވާ ފަރާތްތައް:

މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތުވަނީ ޢާއްމުކޮށް އެންމެހާ ފަރާތްތަކަށް ހުޅުވާލެވިފައެވެ.

2. މުބާރާތުގައި ބައިވެރިވުމާއި ވީޑިއޯ ހުށައެޅުން:

2.1- މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތައް 15 ޖޫން 2024، 20:00ގެ ކުރިން 7993319 ނަންބަރަށް (ވީޑިއޯ މުބާރާތުގަ ބައިވެރިވުމަށް – ނަން) ޖަހާ ލުމަށް ފަހު މެސެޖު ކުރައްވާށެވެ.

2.2- މުބާރާތުގައި ވީޑިއޯ ހުށަހަޅާނީ 20 ޖޫން 2024 14:00 ގެކުރިންނެވެ.

2.3- ވީޑިއޯ ފޮނުވާނީ 7993319 ނަންބަރު ފޯނަށް ޓެލެގްރާމް މެދުވެރިކޮށެވެ.

 

3. ވީޑިއޯތައް ހެދުމުގައި ބަލަންޖެހޭ ކަންކަން:

3.1- މުބާރާތައް ހުށަހެޅޭ ވީޑިއޯތައް ހެދިފައި ހުންނަންވާނީ 3 މިނެޓަށްވުރެ ދިގުނުވާ 2 މިނެޓަށް ވުރެ ކުރުނުވާގޮތަށެވެ.

3.2- މުބާރާތައް ހުށަހެޅޭ ވީޑިއޯތަކުގެ މަންޒަރުތައް ނަގާފައި ހުންނަންވާނީ ޅ. ކުރެންދޫގެ އެކިސަރަޙައްދުތަކާއި، ކުރެންދޫގެ އިޙްތިސޯސްގައި ހިމެނޭ މޫދުގެ ސަރަހައްދުގައެވެ.

3.3-  މުބާރާތައް ހުށަހެޅޭ ވީޑިއޯ ތަކުން ރައްކާތެރިގޮތުގައި ކުނި ނައްތާލުން ނުވަތަ ރަށުގެ މަގުތައް ސާފުކޮށް ބެލެހެއްޓުމާއިބެހޭ މެސެޖެއް ލިބެންވާނެއެވެ.

3.4- މުބާރާތައް ހުށަހެޅޭ ވީޑިއޯތައް ވާންވާނީ ހުރިހާ އުމުރުފުރައަކާއިގުޅޭގޮތައް ހެދިފައިވާ ވީޑިއޯތަކަކަށެވެ.

3.5- މުބާރާތައް ހުށަހެޅޭ ވީޑިއޯތަކުގައި އިސްލާމް ދީނާ ޚިލާފުވާ އަޑުތަކާއި މަންޒަރުތައް ހިމެނިގެން ނުވާނެއެވެ.

3.6- މުބާރާތައް ހުށަހެޅޭ ވީޑިއޯގައި ދިވެހިރާއްޖޭގެ ބުރޯޑުކާސްޓިން ޤާނޫނާއި ޚިލާފު އަޑުތަކާއި މަންޒަރުތައް ހިމެނިގެންނުވާނެއެވެ.

 

4. މުބާރާތުގެ ވަނަތައް ހޮވުން:

4.1- މުބާރާތުގެ އެންމެ މޮޅުވީޑިއޯއަކަށް 3000ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.

4.2- މުބާރާތުގެ 2 ވަނައަށް އެންމެ މޮޅު ވީޑިއޯއަށް 2500 ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.

4.3- މުބާރާތުގެ 3 ވަނައަށް އެންމެ މޮޅު ވީޑިއޯއަށް 1500 ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.

          މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

09 ޖޫން 2024