ދިވެހިރާއްޖެ
މެމްސް ސާވަރ އަޕްގްރޭޑް ކުރުމަށް ބޭނުންވާ ހާޑްވެއަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ބޭނުމަށް މެމްސް ސާވަރ އަޕްގްރޭޑް ކުރުމަށް ބޭނުންވާ ހާޑްވެއަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ކުރެވުނު: F/2015/25-ފ198 (15 އެޕްރީލް 2015 ) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާތީ، އެތަކެތި ހޯދުމުގެ އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 މޭ 2015 ވަނަ ދުވަހުގެ 13:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 މޭ 2015 ވަނަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު މިޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު ގަޑިއަށް މިޑިޕާޓްމަންޓަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.
މިހެންވެ ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
25 ރަޖަބު 1436