ކުއްޔަށް ދިނުން
ނަންބަރު: (IUL)386/386/2024/41
ޕަބްލިޝްކުރި ތާރީޚް: 12 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 20:31
ސުންގަޑި: 11 ޖުލައި 2024 10:30
ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޯރކްޝޮޕްގެ މަސައްކަތް ކުރުމަށް ކުއްޔަށް ބިން ދޫކުރުން

އިޢުލާން ނަންބަރު: (IUL)386/386/2024/41

 

އިޢުލާން

 

ވޯރކްޝޮޕްގެ މަސައްކަތް ކުރުމަށް ކުއްޔަށް ބިން ދޫކުރުން

              މި އިޢުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާ ކުރެހުމުގައި ފާހަގަ ކޮށްފައިވާ 1 ނަންބަރު ބިން އަކަފޫޓަކަށް -/15  (ފަނަރަ ލާރި) އަށްވުރެ ކުޑަނުވާގޮތަށް ވޯރކްޝޮޕްގެ މަސައްކަތް ކުރުމަށް ކުއްޔަށްދޭން ބޭނުންވާތީ، މިކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

              ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 27 ޖޫން 2024 ވަނަ ދުވަހުގެ 13:00 ގައި މި އިދާރާގެ ޖަލްސާކުރާ މަލަމުގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.

ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 27 ޖޫން 2024 ވަނަ ދުވަހުގެ  14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

އެޑްރެސް: ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ

ފޯން: 6780715

އީމެއިލް އައިޑީ: [email protected]

ބީލަން ހުޅުވުން އޮންނާނީ 11 ޖުލައި 2024 ވަނަ ދުވަހުގެ 10:30 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަދި ގަޑި ޖެހުމަށްފަހު ހުށަހަޅާ އެއްވެސް ބީލަމެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ޛުލްޙިއްޖާ 1445

             12 ޖޫން 2024

12 ޖޫން 2024