ވަޒީފާގެ ފުރުޞަތު
ނަންބަރު: ASND-HCM-IUL-2024-23
ޕަބްލިޝްކުރި ތާރީޚް: 12 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 16:36
ސުންގަޑި: 22 ޖޫން 2024 14:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ - މެޑިކަލް އިންވެސްޓިގޭޝަން

ASND-HCM-IUL-2024-23 ނަންބަރު އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، މިއިޢުލާނުގެ މުއްދަތު ވަނީ އިތުރު ކުރެވިފައި.

 

އިޢުލާން ނަންބަރު: ASND-HCM-IUL-2024-23

މަޤާމް: އެސިސްޓެންޓް އޮފިސަރ

ސެކްޝަން: މެޑިކަލް އިންވެސްޓިގޭޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ

 

މަޤާމުގެ ޝަރުތު:

  1. ޖީ.ސީ.އީ އޯލެވެލް ނުވަތަ އެސް.އެސް.ސީ އިމްތިޙާނުގެ 5 މާއްދާއިން "ސީ" ފާސް ލިބިފައިވުން. ނުވަތަ
  2. ޖީ.ސީ.އީ އޭލެވެލް ނުވަތަ އެޗް.އެސް.ސީ އިމްތިޙާނުގެ 2 މާއްދާއިން "ސީ" ފާސް ލިބިފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ޚިދުމަތްދޭ މަރުކަޒުތަކުގެ ޙެލްތު ކްލެއިމްސް އަދި ޓްރާންސެކްޝަންތައް ޗެކްކުކުރުން.
  2. ޚިދުމަތްދޭ މަރުކަޒުތަކުގެ އޮޑިޓް ކުރުމުގެ އެންމެހައި މަސައްކަތްތައް ކުރުން.
  3. ފުރިހަމަކުރެވޭ އޮޑިޓްތަކުގައި ފާހަގަ ކުރެވޭ މައްސަލަތައް ސާރވިސް ޕްރޮވައިޑަރސްއިންނާއި މުޢާމަލާތުކުރުން.
  4. އޮޑިޓްކުރުމަށް ކުރެވުނު މަސައްކަތުގެ މައްޗައް ބިނާކޮށް އޮޑިޓް ރިޕޯޓް ޑްރާފްޓްކުރުން.
  5. ސެކްޝަންގެ އެހެނިހެން މެމްބަރުންނާއިއެކު ކުރިޔަށް ގެންދަންޖެހޭ އިންސްޕެކްޝަންތައް ކުރިޔަށް ގެންދިއުން.
  6. މީގެ އިތުރުން ސެކްޝަންގެ އެހެނިހެން ކަންކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

 

އެހެނިހެން ހުނަރު:

  1. މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
  2. އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
  3. ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން.

 

މުސާރައާއި އިނާޔަތް:

- -/11،200.00 ރުފިޔާ

- ޚާޒިރީ އެލަވަންސް: މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/50 ރުފިޔާ

- ހަމަޖެހިފައިވާ އުސޫލުން ހެލްތް އިންޝުއަރެންސް.

 

ކުރިމަތިލުމުގެ ސުންގަޑި: 22 ޖޫން 2024 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން.

  

މިމަޤާމަށް ޝަރުތުހަމަވާ ފަރާތްތަކުން އާސަންދަ ކުންފުނީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ތަކެތި: 

  1. ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ. 
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 
  3. ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.) 
  4. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން) 

    

ޚާއްޞަ ސަމާލުކަމަށް: 

  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު އާސަންދަ އޮފީހަށް ލިބިގެންވެއެވެ.  
  • މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.  

 އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.  

12 ޖޫން 2024