ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)30-G/1/2015/64
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2015
ޕަބްލިޝްކުރި ގަޑި: 09:01
ސުންގަޑި: 01 ޖޫން 2015 13:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ޕެކޭޖިންގ ފެސިލިޓީއަށް ބޭނުންވާ މެޝިނަރީއާއި ޕެކިންގ މެޓީރިއަލްސް ހޯދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް ގުޅިގެން ކުރިއަށްގެންދާ "ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމް"ގެ ދަށުން ޅ.ނައިފަރު، ނައިފަރު ކޯޕަރޭޓިވް ސޮސައިޓީއާ ގުޅިގެން ޤާއިމު ކުރެވޭ ޕެކޭޖިންގ ފެސިލިޓީއަށް ބޭނުންވާ މެޝިނަރީއާއި ޕެކިންގ މެޓީރިއަލްސް ހޯދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 މޭ 2015 (އާދީއްތަ) ދުވަހުގެ 13:00 އަށް މިމިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް، ހ.ވައިޓްވޭވް، މޫންލައިޓް ހިނގުން، އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު 1 ޖޫން 2015 ވަނަ ދުވަހުގެ 13:00 އަށް މިމިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް، ހ.ވައިޓްވޭވް، މޫންލައިޓް ހިނގުން، އަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯޒަލް ހުޅުވޭނީ ހާޒިރުވެވަޑައިގަންނަވާ ބޭފުޅުންގެ ހާޒިރުގައެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ދަންނަވާފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ 3341836 އަށް ގުއްޅުއްވުން އެދެމެވެ.

14 މޭ 2015

14 މޭ 2015