ދިވެހިރާއްޖެ
ތަޢާރަފް
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ރިސެޕްޝަން އޭރިއާގެ އިންޓީރިއަރ ޑިޒައިން ކޮށްދޭނެ ފަރާތެއް ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ޕްރީބިޑް ބައްދަލުވުން:
މި މަސައްކަތާއި ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 23 ޖޫން 2024 ވާ އާދީއްތަ ދުވަހުގެ 11:30 ގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގައެވެ.
މަޢުލޫމާތު ސާފުކުރުން:
މި މަސައްކަތުގެ ސްކޯޕް އޮފް ވޯރކްސް އާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 27 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން މިއޮތޯރިޓީގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުން އެދެވެ.
މިސުވާލުތަކަށް 27 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ޖަވާބު އެރުވޭނެއެވެ.
ބީލަން ހުށަހެޅުން އަދި ބީލަމުގެ ވެލިޑިޓީ:
މި މަސައްކަތަށް ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ30 ޖޫން 2024 ވާ އާދީއްތަ 11:30 ގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.
އަދި ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.