މަސައްކަތް
ނަންބަރު: (IUL)410-P/410/2024/25
ޕަބްލިޝްކުރި ތާރީޚް: 12 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 15:21
ސުންގަޑި: 27 ޖޫން 2024 13:00
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދާންދޫ ކައުންސިލްގެ އިދާރާގެ އިޖުތިމާޢީ މާލަން އެކްސްޓެންޑް ކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތާއި ބެހޭ

1. ޕްރޮޖެކްޓް ނަންބަރު: PC-410/2024/W-28

2. ދާންދޫ އިޖުތިމާޢީ މާލަން އެކްސްޓެންޑް ކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

3. މި ބިޑްގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރީ ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިކުރާ ދިވެހި ފަރާތަކަށެވެ.

4. މި މަސައްކަތައް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިވެލުއޭޓްކުރެވޭ ކްރައިޓީރިއާގައިވާ އުޞޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ތިރީގައި މިވަނީއެވެ.

  • އަގު % 80    
  • ތަޖުރިބާ % 10
  • މުއްދަތު % 10

5. މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި އިދާރާގެ ވެބްސައިޓް: www.dhaandhoo.gov.mv ގައި 13 ޖޫން 2024 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބިޑާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް މިއިދާރާ މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. 

6. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވެވޭނީ، ބީލަމަށް ރަޖިސްޓްރީ ވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، އައިޑީ ނަންބަރު، ފޯންނަންބަރާއި އީ-މެއިލް އެޑްރެސް ތިރީގައި މިވާ ލިންކް މެދުވެރިކޮށް 26 ޖޫން 2024 ވާ ބުދަ ދުވަހުގެ 10:00ގެ ކުރިން، ފޮވުވުމުންނެވެ.

ބިޑްގައި ރަޖިސްޓްރީ ވުމަށް ފުރިހަމަ ކުރަންޖެހޭ ފޯމްގެ ލިންކް:  

https://forms.gle/XJbJ3v9D3oZi5uHJA

7. މި މަސައްކަތާއި ބޭހޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް އޮންނާނެއެވެ. އެ ސެޝަން އޮންނާނީ 26 ޖޫން 2024 ވާ ބުދަ ދުވަހުގެ 13:00ގައި މިއިދާރާގައެވެ. މި ސެޝަނަށްފަހު މިމަސައްކަތާއި ގުޅިގެން އިމާރާތް ކުރެވޭ ސައިޓް ދައްކާލެވޭނެއެވެ. މިސެޝަނުގައި ބައިވެރި ނުވި ނަމަވެސް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.

8. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/5،800ރ (ފަސްހާސް އަށްސަތޭކަ) ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ 100 ދުވަހެވެ.

9. މި ބިޑާއި ގުޅިގެން މާލިއްޔަތު ގަވާއިދުގެ ބާބު 10 ގައިވާ މާއްދާތަކާއި އެއްގޮތަށް ހުށަހަޅަންޖެހޭ ލިޔުމެއް ވާނަމަ، އެލިޔުމެއް ހުށަހަޅަންޖެހޭ މަރުހަލާގައި ހުށަހަޅަން ވާނެއެވެ.

10. ބިޑް ހުށަހެޅުން، ބިޑް ހުޅުވުން އޮންނާނީ 27 ޖޫން 2024 ބުރާސްފަތި ދުވަހުގެ 13:00ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައި އޮންލައިންކޮށް ބާއްވާ މީޓިންގައެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން ބިޑް މީޓިންގއަށް ހާޒިރުވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އޮންނާނެއެވެ. އެހެން ނަމަވެސް އެފަދަ ފަރާތްތަކަށްވެސް ބިޑް ހުށަހެޅުމުގެ ފުރުސަތު ދެވޭނީ އޮންލައިން ޒަރީއާއިންނެވެ. އެހެންކަމުން އެކަމަށް ސަމާލުކަން ދިނުމަށް ދަންނަވަމެވެ.

11. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން  : 6820026، 7330026

އީމެއިލް : [email protected]

 

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

12 ޖޫން 2024