ދިވެހިރާއްޖެ
ހދ. ނޮޅިވަރަމު ހުޅަނގު ފަރާތުން ކުކުޅު، ބަކަރި ފަދަ ޖަނަވާރު ގެންގުޅުމަށް ކައުންސިލުން ކަނޑައަޅާފައިވާ ސަރަޙައްދުން 03 ބިމެއް 05 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު: (IUL)264/PRIV/2024/1 (04 ޖަނަވަރީ 2024) އިޢުލާން ވަނީ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް ބީލަން ހުށަހަޅާފައިނުވާތީ ބާޠިލުވެފައެވެ.
މިއިޢުލާނާއި ގުޅިގެން މިދެންނެވި ސަރަޙައްދުން 05 ބިމެއް ދޫކުރަން ވަނީ ހަމަޖެހިފައެވެ. ބީލަމުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން 27 ޖޫން 2024 ވާ (ބުރާސްފަތި) ދުވަހުގެ 13:00 ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވުމަށް މިއިދާރާގެ ނަންބަރ 6520043 އަށް ގުޅުއްވައިގެން ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކް ބޭނުންކޮށްގެން ރަޖިސްޓްރީކުރަންވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.
ބީލަމުގައި ނަންނޯޓް ކުރުމުގެ ލިންކް: https://forms.gle/aFaCUXnkSWGMNXvGA
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކަށް ހދ.ނޮޅިވަރަމު ކައުންސިލްގެ އިދާރާއަށް ޙާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފްޞީލް |
ތާރީޚް |
ގަޑި |
ރަޖިސްޓަރ ވުމުގެ ސުންގަޑި |
27 ޖޫން 2024 (ބުރާސްފަތި) |
13:00 |
އަންދާސީ ހިސާބު ހުށަހެޅުން |
09 ޖުލައި 2024 (ބުދަ) |
10:00 |
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ނޮޅިވަރަމް ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. |
މިކަމާއި ގުޅޭ އިތުރު ތަފްޞީލް މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައިޑީކާޑު ހިއްޕަވައިގެން ވަޑައިގެންނެވުމަށާއި އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހެޅުމަށް ދަންނަވަމެވެ.
މިކަމާ ގުޅޭ މަޢުލޫމާތު ސާފުކުރުމަށް 9757175 އަށް ގުޅުއްވުން އެދެމެވެ.