ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)475-Planning/475/2024/104
ޕަބްލިޝްކުރި ތާރީޚް: 12 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 12:29
ސުންގަޑި: 24 ޖޫން 2024 13:30
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން އުފައްދަން ޖެހޭ "ވަރކް ޕްލޭސް ސޭފްޓީ އެންޑް ހެލްތު އެޑްވައިޒަރީ ކައުންސިލް" އާއި ގުޅޭ

އިޢުލާނު

 

ޤާނޫނު ނަމްބަރު 2024/02 (މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނު)ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދަން ޖެހޭ"ވަރކް ޕްލޭސް ސޭފްޓީ އެންޑް ހެލްތު އެޑްވައިޒަރީ ކައުންސިލް" ގައި ހިމެނޭ، 13 މެންބަރުންގެ ތެރެއިން ޢާއްމުކޮށް އިޢުލާނުކޮށްގެން ނެގުމަށް ކަނޑައަޅާފައިވާ 9 މެންބަރުން އައްޔަންކުރުމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން؛

ޤާނޫނު ނަމްބަރު 2024/02 (މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނު)ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދަން ޖެހޭ "ވޯރކް ޕްލޭސް ސޭފްޓީ އެންޑް ހެލްތް އެޑްވައިޒަރީ ކައުންސިލް" އަށް، މިޤާނޫނުގެ 12 ވަނަ މާއްދާގެ (ހ)ގެ (1)ގައި ވާ، ވަޒީފާދޭ ފަރާތްތައް ތަމްސީލުކުރާ ޖަމްޢިއްޔާތަކުން 3 (ތިނެއް) މެންބަރުންނާއި، މި ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ)ގެ (2) ގައިވާ، މަސައްކަތްކުރާ ފަރާތްތައް ތަމްސީލުކުރާ ޖަމްޢިއްޔާތަކުން 3 (ތިނެއް) މެންބަރުންނާއި، މި ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ)ގެ (4) ގައިވާ، މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަން ކުރިއެރުވުމަށް މަސައްކަތްކުރާ ފަންނީ ޖަމްޢިއްޔާތައް ތަމްސީލުކުރާ 3 (ތިނެއް) މެންބަރުން ބޭނުންވާތީ، ކައުންސިލަށް ކުރިމަތިލުމުގެ ފުރުޞަތު ޤާނޫނު ނަންބަރު 3/2022 (ޖަމްޢިއްޔާތަކުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ޖަމްޢިއްޔާތަކަށް ހުޅުވާލަމެވެ.

 

 

 

މެންބަރު:

ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތަކުގެ ވަގުތީ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ޖަމްޢިއްޔާތަކުން، ވަޒީފާދޭ ފަރާތްތައް ތަމްސީލުކުރުމަށް ހުށަހަޅާ މެމްބަރުން

ބޭނުންވާ އަދަދު:

 3 (ތިނެއް)

ކައުންސިލްގެ މަސްއޫލިއްޔަތުތައް

  1. ޤާނޫނު ނަމްބަރު 2024/02 (މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނު)ގެ ދަށުން މަސައްކަތުގެ މާހައުލުގެ ސަލާމަތާ ޞިއްޙީ ރައްކާތެރިކަމާ ގުޅޭގޮތުން މިނިސްޓަރަށް ފަންނީ ލަފަޔާއި އިރުޝާދު ދިނުން؛
  2. ޤާނޫނު ތަންފީޛުކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ޙައްލުހޯދުމުގައި މިނިސްޓަރަށް ލަފާދިނުން؛
  3. މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކާ ގުޅޭ ޤާނޫނާއި ގަވާއިދުތަކަށް ގެންނަން ފެންނަ އިޞްލާޙުތަކާއި އެފަދަ ޤާނޫނާއި ގަވާއިދުތައް ތަންފީޛުކުރުމުގައި ދިމާވާ ދަތިތައް ފާހަގަކުރުން؛
  4. މަސައްކަތުގެ މާޙައުލާ ގުޅުންހުރި މަރު އަދި އަނިޔާތަކުގެ ތަފާސްހިސާބު ދިރާސާކުރުން؛
  5. މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞީއްޙީ ރައްކާތެރިކަމާގުޅޭ އިންޑަސްޓްރީ ކޯޑުތައް އެކުލަވާލުމުގައި ކަމާބެހޭ އިދާރާތަކަށް ލަފާދިނުން.

ޝަރުޠު:

ކައުންސިލްގެ މަސްއޫލިއްޔަތުތަކާ ގުޅުންހުރި ދާއިރާއަކުން ތަޢުލީމު ނުވަތަ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1-      މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓްގެ ކޮޕީ

2-      ވަނަވަރާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

3-      ވަޒީފާދޭ ފަރާތްތައް ތަމްސީލުކުރުމަށް ރަޖިސްޓްރީކޮށްފައިވާ ޖަމްޢިއްޔާތަކުން، އެޖަމްޢިއްޔާ ތަމްސީލުކުރުމަށް އައްޔަންކޮށްފައިވާ ފަރާތްކަން އަންގައިދޭ ލިޔުން ނުވަތަ ޤަރާރު

4-      މަސައްކަތު ތަޖުރިބާގެ ލިޔުންތައް

މެންބަރު:

މަސައްކަތްތެރިންގެ ޔޫނިއަންތަކުގެ ވަގުތީ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ޖަމްޢިއްޔާތަކުން، މަސައްކަތްތެރިން ތަމްސީލުކުރުމަށް ހުށަހަޅާ މެމްބަރުން

ބޭނުންވާ އަދަދު:

 3 (ތިނެއް)

މެމްބަރުންގެ މައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ޤާނޫނު ނަމްބަރު 2024/02 (މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނު)ގެ ދަށުން މަސައްކަތުގެ މާހައުލުގެ ސަލާމަތާ ޞިއްޙީ ރައްކާތެރިކަމާ ގުޅޭގޮތުން މިނިސްޓަރަށް ފަންނީ ލަފަޔާއި އިރުޝާދު ދިނުން؛
  2. ޤާނޫނު ތަންފީޛުކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ޙައްލުހޯދުމުގައި މިނިސްޓަރަށް ލަފާދިނުން؛
  3. މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކާ ގުޅޭ ޤާނޫނާއި ގަވާއިދުތަކަށް ގެންނަން ފެންނަ އިޞްލާޙުތަކާއި އެފަދަ ޤާނޫނާއި ގަވާއިދުތައް ތަންފީޛުކުރުމުގައި ދިމާވާ ދަތިތައް ފާހަގަކުރުން؛
  4. މަސައްކަތުގެ މާޙައުލާ ގުޅުންހުރި މަރު އަދި އަނިޔާތަކުގެ ތަފާސްހިސާބު ދިރާސާކުރުން؛
  5. މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞީއްޙީ ރައްކާތެރިކަމާގުޅޭ އިންޑަސްޓްރީ ކޯޑުތައް އެކުލަވާލުމުގައި ކަމާބެހޭ އިދާރާތަކަށް ލަފާދިނުން.

ޝަރުޠު:

ކައުންސިލްގެ މަސްއޫލިއްޔަތުތަކާ ގުޅުންހުރި ދާއިރާއަކުން ތަޢުލީމު ނުވަތަ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1-      މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓްގެ ކޮޕީ

2-      ވަނަވަރާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

3-      މަސައްކަތްތެރިން ތަމްސީލުކުރުމަށް ރަޖިސްޓްރީކޮށްފައިވާ ޖަމްޢިއްޔާތަކުން، އެޖަމްޢިއްޔާ ތަމްސީލުކުރުމަށް އައްޔަންކޮށްފައިވާ ފަރާތްކަން އަންގައިދޭ ލިޔުން ނުވަތަ ޤަރާރު

4-      މަސައްކަތު ތަޖުރިބާގެ ލިޔުންތައް

މެންބަރު:

ޤާނޫނު ނަންބަރު 3/2022 (ޖަމްޢިއްޔާތަކުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ، މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަން ކުރިއެރުވުމަށް މަސައްކަތްކުރާ ފަންނީ ޖަމްޢިއްޔާތައް ތަމްސީލުރުމަށް ހުށަހަޅާ މެމްބަރުން

ބޭނުންވާ އަދަދު:

 3 (ތިނެއް)

މެމްބަރުންގެ މައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ޤާނޫނު ނަމްބަރު 2024/02 (މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނު)ގެ ދަށުން މަސައްކަތުގެ މާހައުލުގެ ސަލާމަތާ ޞިއްޙީ ރައްކާތެރިކަމާ ގުޅޭގޮތުން މިނިސްޓަރަށް ފަންނީ ލަފަޔާއި އިރުޝާދު ދިނުން؛
  2. ޤާނޫނު ތަންފީޛުކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ޙައްލުހޯދުމުގައި މިނިސްޓަރަށް ލަފާދިނުން؛
  3. މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކާ ގުޅޭ ޤާނޫނާއި ގަވާއިދުތަކަށް ގެންނަން ފެންނަ އިޞްލާޙުތަކާއި އެފަދަ ޤާނޫނާއި ގަވާއިދުތައް ތަންފީޛުކުރުމުގައި ދިމާވާ ދަތިތައް ފާހަގަކުރުން؛
  4. މަސައްކަތުގެ މާޙައުލާ ގުޅުންހުރި މަރު އަދި އަނިޔާތަކުގެ ތަފާސްހިސާބު ދިރާސާކުރުން؛
  5. މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞީއްޙީ ރައްކާތެރިކަމާގުޅޭ އިންޑަސްޓްރީ ކޯޑުތައް އެކުލަވާލުމުގައި ކަމާބެހޭ އިދާރާތަކަށް ލަފާދިނުން.

ޝަރުޠު:

ކައުންސިލްގެ މަސްއޫލިއްޔަތުތަކާ ގުޅުންހުރި ދާއިރާއަކުން ތަޢުލީމު ނުވަތަ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓްގެ ކޮޕީ
  2. ވަނަވަރާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  3. މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަން ކުރިއެރުވުމަށް މަސައްކަތްކުރާ ފަންނީ ޖަމްޢިއްޔާތައް ތަމްސީލުރުމަށް އައްޔަންކޮށްފައިވާ ފަރާތްކަން އަންގައިދޭ ލިޔުން ނުވަތަ ޤަރާރު
  4. މަސައްކަތު ތަޖުރިބާގެ ލިޔުންތައް

މެމްބަރުކަމުގެ މުއްދަތު:

އައްޔަން ކުރެވޭ ތާރީޚުން ފެށިގެން 5(ފަހެއް) އަހަރު

މެމްބަރުން އައްޔަން ކުރުން:

އެޑްވައިޒަރީ ކައުންސިލްގެ މެންބަރުކަމަށް އެދި ހުށާހަޅާ ފަރާތްތަކުގެ ތެރެއިން، ކޮންމެ ކެޓަގަރީއަކުން ތިން ފަރާތައްވުރެ ގިނަ ފަރާތުން އެޕްލިކޭޝަން ހުށަހަޅާފައިވާނަމަ، ކައުންސިލްގެ މެންބަރުން ކަނޑައަޅުއްވާނީ މިނިސްޓަރ

އެދެންވީގޮތާއި ސުންގަޑި:

ކައުންސިލްގެ މެންބަރުކަމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާނީ 24 ޖޫން 2024 (ހޯމަ) ދުވަހުގެ 13:30  ގެ ކުރިން، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް / މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އަށެވެ. މެންބަރުކަމަށް އެދި ހުށަހަޅާ ލިޔުންތައް އީ-މެއިލް[email protected]  މެދުވެރިކޮށް ވެސް ހުށަހެޅޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް މެންބަރުކަމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ބަލައިގަނެވޭނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3026966، 3026967 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

12 ޖޫން 2024