ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-169/IU/2015/06
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2015
ޕަބްލިޝްކުރި ގަޑި: 08:55
ސުންގަޑި: 21 މޭ 2015 14:30
ބިލެއްދޫ ސްކޫލް
ދިވެހިރާއްޖެ
ކައުންސެލަރ

އިޢުލާން


ވަޒީފާގެ ފުރުޞަތު:

މަޤާމް: ކައުންސެލަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: -/5610 ރުފިޔާ (މަހަކު)

ކުލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: އެމް. އެސް. 1

ސަރވިސް އެލަވަންސް: -/2000 ރުފިޔާ (މަހަކު)

ޢިނާޔަތްތައް: ސިވިލް ސަރވިސްގެ މުވައްޒަފުންނަށްދޭ އިނާޔަތްތައް (އިތުރުގަޑީގެ ފައިސާ، ރަމަޟާންމަހުގެ ޢިނާޔަތް ފަދަ) ހަމަޖެހިފައިވާ އުސޫލުން ލިބޭނެއެވެ.

މަޤާމުގެ ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމުގެ މސައްކަތް ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛
  3. މަޤާމުގެ މަސައްކަތް ގުޅޭ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

- ދަރިވަރުންނަށް ކައުންސެލިންގ ދިނުމާއި، މިފަދަ ކުދީންގެ ރެކޯޑްތައް ބެލެހެއްޓުން.

- މުޖުތަޢުގައި ހުންނަ ބައެއް މައްސަލަތަކާ ގުޅޭގޮތުން ދަރިވަރުންނަށް ސެޝަންތައް ނެގުން.

- ދަރިވަރުންގެ އަޚްލާޤު ރަނގަޅުކުރުމަށް ދަރިވަރުންނާއި ބެލެނިވެރީންނަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.

- ޙާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ކަންތައްތަކުގައި އެހީތެރިވުމާއި، އެފަދަ މައްސަލަތައް ހުންނަ ދަރިވަރުންގެ މަޢުލޫމާތު ކަމާބެހޭ ޓީޗަރުންނާ ހިއްސާކޮށް، އެފަދަ ދަރިވަރުން މުޖުތަޢަށް ފައިދާހުރި ބަޔަކަށް ހެދުމަށް މަސައްކަތްކުރުން.

- ގްރޭޑް 6 ން 9 އާ ދެމެދުގެ ދަރިވަރުންނަށް ލައިފްސްކިލްސް ތަމްރީން ޕްރޮގްރާމްތައް ރާވައި ހިންގުން.

- ސްކޫލުގެ ހުރިހާ ދަރިވަރުންނަކީ ނަފުސާނީ ދުޅަހެޔޮ ކުދީންނަށް ހެދުމަށް އެކަށޭނަ ޕްރޮގްރާމްތައް ރާވައި ހިންގުން.

ވަޒީފާ އަދާކުރަންޖެހޭތަނާއި ސެކްޝަން:

ފ. ބިލެއްދޫ ސްކޫލް، އެކަޑަމިކް ސެކްޝަން (ސްޕަވައިޒަރސް ރޫމް)

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށްޓަކައި ބަލާނީ، ސިވިލް ސަރވިސްގެ ވަޒީފާއަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލްތަކަށެވެ. މި މިންގަނޑުތަކާއި އުސޫލްތައް، ސިވިލް ސަރވިސްގެ ވެބްސައިޓުން (www.csc.gov.mv ން) ޑައުންލޯޑް ކުރެވޭނެއެވެ. މި މަޤާމަށް އެންމެ ޤާބިލުފަރާތެއް ކަނޑައަޅާނީ A2 ފޯމުގައިވާ، ތިރީގައިވާ ބައިތަކަށް ޕޮއިންޓް ދިނުމުން، އެންމެ މަތީ ޕޮއިންޓް ލިބޭ ފަރާތަކީ އެންމެ ޤާބިލުފަރާތްކަމުގައި ކަނޑައަޅައިގެންނެވެ.

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީން
  2. ލިބިފައިވާ މަސައްކަތު ތަޖުރިބާ
  3. ލިބިފައިވާ ހުނަރު (އިންޓަވިއުކޮށްގެން ބަލާ ކަށަވަރުކުރާ ބައި)

އިންޓަވިއު ކުރުން:

އިންޓަވިއު އޮންނަ ތަނާއި ގަޑި، އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

- ލިބިފައިވަ ތަޢުލީމީ ސަނަދާއި ފާސްތަކުގެ ކޮޕީ (އެކްރެޓިޑްކޮށް، އަސްލާ އެއްގޮތަކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތަކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދަކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާއޮފީހުގެ ލިޔުމެއް.

- ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެ "މުވައްފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު." (ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކުވެސް މި ފޯމު ހުށަނާޅައިފިނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ.)

- ހުށައަޅާ ލިޔުންތަކުގެ ލިސްޓް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދޭ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2015 މޭ 21 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:30 ގެ ކުރިން ސްކޫލުގެ އޮފީހަށް، މަތީގައި ބަޔާންކޮށްފައިވާ ލިއުންތަކާއެކު، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭފޯމު ހުށަހެޅުން އެދެމެވެ.

ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތަކާއި، ޝަރުތުހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި މަޤާމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ރަސްމީ ގަޑީގައި، ބިލެއްދޫ ސްކޫލުގެ 7952913 ނަންބަރު ފޯނާއެވެ.

23 ރަޖަބު 1436

12 މޭ 2015