ކުއްޔަށް ދިނުން
ނަންބަރު: (IUL)335-AS/335/2024/97
ޕަބްލިޝްކުރި ތާރީޚް: 12 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 11:57
ސުންގަޑި: 09 ޖުލައި 2024 13:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓުވަރިސްޓް ހޮޓާ، ގެސްޓް ހައުސް ހެދުމަށް ހިއްކިބިމުން ބިން ކުއްޔަށް ދޫކުރުން

ޓުވަރިސްޓް ހޮޓާ ، ގެސްޓްހައުސް  ހެދުމަށް ހިއްކިބިމުން ބިން ކުއްޔަށް ދޫކުރުން 

                  ޓުވަރިސްޓް ހޮޓާ ނުވަތަ ގެސްޓްހައުސް  ހަދައި ހިންގުމަށް ކ. ހިންމަފުށީ ހިއްކިބިމުގެ  ސަރަހައްދުން ލޭންޑްޔޫޒް ޕްލޭންގައި ފާހަގަކުރެވިފައިވާ  މިއިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާ ޗާޓްގައި ފާހަގަކުރެވިފައިވާ10  ބިން ( ޖުމުލަ: އެއްލައްކަހަހާސް އަށްސަތޭކަ ހަތްދިހަނުވަ އަކަފުޓް )  އެއް ބިޑެއްގެ ގޮތުގައި 50 ( ފަންސާސް)  އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް، ކ. ހިންމަފުށި ކައުންސިލްގެ ފަރާތުން ހުޅުވާލައިފީމެވެ.

                  މިބިންތަކުގައި އަމިއްލަ ޚަރަދުގައި ޓުވަރިސްޓް ހޮޓަލެއް ނުވަތަ ގެސްޓްހައުސްއެއް ޢިމާރާތްކޮށް، އަދި އެ ހޮޓާ ނުވަތަ  ގެސްޓް ހައުސް ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން، ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކަށް،  ތިރީގައިވާގޮތުގެމަތިން ބިޑުޕްރޮޕޯސަލް ގަނެ ހުށަހެޅުއްވުން އެދެމެވެ.  

ތަފްޞީލް

މުއްދަތު

ގަޑި

ތަން

ބިޑު ޑޮކިއުމެންޓް ވިއްކުން

(ބިޑެއް ވިއްކުމަށް ހަމަޖެހިފައިވަނީ 50000.00 ރުފިޔާއަށް )

 01 ޖުލައި 2024 ވާ ހޯމަ ދުވަހުން ފެށިގެން 08 ޖުލައި  2024 ވާ ހޯމަ  ދުވަހަށް

ރަސްމީ ކޮންމެ ދުވަހެއްގެ 10:00 ފެށިގެން 12:30

ހިންމަފުށީ ކައުންސިލްގެ އިދާރާއިން

ޕްރީބިޑް މީޓިން   

  9 ޖުލައި   2024  ވާ ބުދަ އަންގާރަ ދުވަސް

މެންދުރު 13:00 

ހިންމަފުށީ ކައުންސިލްގެ އިދާރާ

ބިޑު ހުށަހެޅުން

( ޕްރޮޕޯސަލް ހުށަހެޅުން )

22  ޖުލައި 2024 ވާ ހޯމަ

މެންދުރު 13:00

ހިންމަފުށީ ކައުންސިލްގެ އިދާރާ

 

                މި ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން، އެކަމަށް އެދި ހުށަހަޅުއްވާނީ، ބިޑްޑޮކިއުމަންޓް ބައްލަވައިގަތުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު  ކ. ހިންމަފުށީ ކައުންސިލްގެ އިދާރާއަށެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ކ. ހިންމަފުށީ ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.އަދި މިއިޢުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

                މި ބިމުގައި އަމިއްލަ ޚަރަދުގައި ޓޫރިސްޓް ހޮޓާ އަދި ގެސްޓްހައުސް ޢިމާރާތްކޮށް، ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބިގެންވަނީ، ދިވެހި ރައްޔިތުންނަށް ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޕާޓްނަރޝިޕަކަށް ނުވަތަ ކުންފުންޏަކަށެވެ.

                ބިޑް ޑޮކިއުމަންޓް ގަންނަން ލިބޭނީ -/50000ރ (ފަންސާސްހާސްރުފިޔާ)  އަށެވެ. ބިޑް ގަތުމަށް ޚަރަދުކުރާ ފައިސާއަކީ އަބުރާދެވޭ ފައިސާއެއް ނޫނެވެ.

                ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމާއެކުގައި އަންނަނިވި ތަކެތި ހުށަހަޅަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ސޮއިކުރުމަށްފަހު ހުށަހަޅަނީ، އެ ފޯމު މެދުވެރިކޮށް ގަންނަ ބިޑް ޑޮކިއުމަންޓުގައިވާ ގޮތުގެމަތިން ބިޑް ހުށަހަޅަން ބޭނުންވާ ފަރާތްނޫން އެހެންފަރާތަކުން ކަމުގައިވާނަމަ، އޭނާ އެ ބިޑް ޑޮކިއުމަންޓް ގަތުމަށާއި ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމުގައި ސޮއިކުރުމަށް ބިޑް ހުށަހަޅަން ބޭނުންވާ ފަރާތުން ހުއްދަކުރާކަމުގެ ޕަވަރ އޮފް އެޓަރނީއެއް އެ ފޯމާއެކު ހުށަހަޅަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ކުންފުންޏަކުން ކަމުގައިވާނަމަ، އެކުންފުނީގެ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ޕާރޓްނަރޝިޕްއަކުން ކަމުގައިވާނަމަ، އެ ޕާރޓްނަރޝިޕްގެ ރެޖިސްޓްރޭޝަން ސެޓްފިކެޓް ގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ވަކި ފަރުދަކު ކަމުގައިވާނަމަ، އޭނާގެ އައިޑެންޓިޓީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

                ބިޑް ހުށަހަޅަންޖެހޭނީ،  ބިޑު ޑޮކިއުމެންޓްގައިވާ ގޮތުގެމަތިން ހުރިހާ މައުލޫމާތު ތަކެއް ފުރިހަމަކޮށް  ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި، 22  ޖުލައި  2024  ދުވަހުގެ މެންދުރުފަހު 13:00 އަށް ކ. ހިންމަފުށީ ކައުންސިލްގެ އިދާރާއަށެވެ. ޕްރީ ބިޑް މީޓިންގ އަށް ޙާޟިރުނުވި ނަމަވެސް ބިޑް ގަނެފައިވާނަމަ ބިޑް ހުށަހެޅޭނެއެވެ.

                މިހެންވެ މިކަންޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

12 ޖޫން 2024