ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)320-PRM/320/2024/61
ޕަބްލިޝްކުރި ތާރީޚް: 12 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 11:25
ސުންގަޑި: 23 ޖޫން 2024 14:00
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކާޑުގެ ބާވަތްތައް (ހަނޑޫ، ހަކުރު އަދި ފުށް) ވިއްކުމަށްޓަކައި އެޖެންޓު ހޯދުމާއި ގުޅޭ

                                                           ނަންބަރު:  (IUL)320-PRM/320/2024/61

 

އިޢުލާން

 

ކާޑުގެ ބާވަތްތައް (ހަނޑޫ، ހަކުރު އަދި ފުށް) ވިއްކުމަށްޓަކައި އެޖެންޓު ހޯދުމާއި ގުޅޭ

 

            އެސްޓީއޯ އިން ވިއްކާ ކާޑުގެ ބާވަތްތައް (ހަނޑޫ، ހަކުރު އަދި ފުށް) މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އިން ކަނޑައަޅާފައިވާ އަގުގައި އާއްމު ރައްޔިތުންނަށް ވިއްކައި ދިނުމުގެ މަސައްކަތް ކޮށްދިނުމަށްޓަކައި، ބ.އޭދަފުއްޓަށް އެސްޓީއޯ ކާޑު އެޖެންޓެއް ނެގުމަށްވަނީ ހަމަޖެހިފައެވެ.

            ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ އޭދަފުށީގައި ތިބި ވިޔަފާރި ކުރާ ފަރާތްތަކުން 2024 ޖޫން 23  14:00 ގެ ކުރިން މިދަންނަވާ ލިޔެކިޔުންތައް ސިޓީއަކާއި އެކު މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

  •  
  • ވިޔަފާރި ރަޖިސްޓްރޭޝަން ކޮޕީ
  • ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ
  • ވިޔަފާރި ވެރިފަރާތުގެ އައި.ޑީ ކާޑު ކޮޕީ

 

                                 05 ޛުލްޙިއްޖާ 1445

12 ޖޫން 2024