ދިވެހިރާއްޖެ
އިޢުލާން
"އައްޑޫ އީދިސަމާ 1445" ހަރަކާތްތަކުގެ ތެރެއިން އައްޑޫސިޓީގައި ޤާއިމުވެފައިވާ މުއައްސަސާތައް އަދި އަމިއްލަ ވިޔަފާރި ކުރާ ތަންތަން ދިއްލައި ޒީނަތްތެރިކުރުމުގެ މުބާރާތް ބޭއްވޭ ތާރީޙް ބަދަލުވުން.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން އިން 1445 ވަނަ އަހަރުގެ ޢަރާފާތު ދުވަހަކީ ޖޫން މަހުގެ 15 ވަނަ ދުވަސްކަމަށް ކޮށްފައިވާ ޢިއުލާނާއި ގުޅިގެން އައްޑޫސިޓީ ކައުންސިލުން 1445 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް އައްޑޫސިޓީގައި ޤާއިމުކޮށްފައިވާ މުއައްސަސާތަކާއި އަމިއްލަ ވިޔަފާރި ކުރާ ތަންތަނަށް ޚާއްސަކޮށްގެން އިންތިޒާމްކުރުމަށް ހަމަޖެހިފައިވާ ތަންތަން ދިއްލައި ޒީނަތްތެރި ކުރުމުގެ މުބާރާތް 15 ޖޫން 2024 އިން 22 ޖޫން 2024 އަށް ބޭއްވުމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. މިމުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ދުވަހަކީ 16 ޖޫން 2024 ވާ ހޯމަ ދުވަހު ރޭގަނޑު 22:00 ގެ ނިޔަލަށެވެ. މުބާރާތުގެ ވަނަތަކަށް އިނާމު ދިނުމަށް ހަމަޖެހިފައިވަނީ 23 ޖޫން 2024 ގައެވެ.
މި ޢިއުލާނާއި އެކު ޢީދުގެ މުނާސަބަތުގައި އައްޑޫސިޓީ ކައުންސިލުން އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ މުއައްސަސާތަކާއި އަމިއްލަ ވިޔަފާރި ކުރާ ތަންތަނަށް ޚާއްސަކޮށްގެން ދިއްލައި ޒީނަތްތެރި ކުރުމުގެ މުބާރާތުގެ ވަނަތައް ހޮވުމުގައި މާރކްސް ދިނުމުގެ އުސޫލު އެއްކަރުދާސް ކުރެވިފައިވާނެ ކަމުގައި ދަންނަވަމެވެ.
މިމުބާރާތާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކައުންސިލްގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ހޮޓްލައިން 7905003 ނުވަތަ 6885003 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
06 ޛުލްޙިއްޖާ 1445
12 ޖޫން 2024