ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: ޕްރިންސިޕަލް (ދާއިމީ)
މަސައްކަތް ކުރަން ހަމަޖެހިފައިވާ ތަން: ލ. އިސްދޫ ކަލައިދޫ ސްކޫލް
ބޭނުންވާ އަދަދު: 1 (އެކެއް)
ރަށް: ލ. އިސްދޫ ކަލައިދޫ
މަޤާމުގެ ޝަރުޠު:
މަޤާމުގެ ނަން |
މަޤާމުގެ ރޭންކް |
މަޤާމުގެ ކްލެސިފިކޭޝަން |
މަޤާމުގެ ޝަރުޠު |
މަޤާމުގެ އަސާސީ މުސާރަ |
ސަރވިސް އެލަވަންސް |
ޕްރިންސިޕަލް |
MSI
|
ޓީޗިންގ ސަރވިސް އޮފިސަރ 2 |
- ޓީޗިންގ ސަރވިސް އޮފިސަރ 2 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ - ޓީޗިންގ ސަރވިސް އޮފިސަރ 2 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
5,610 |
2,500 |
ޕްރިންސިޕަލް
|
MS2
|
ޓީޗިންގ ސަރވިސް އޮފިސަރ 3 |
- ޓީޗިންގ ސަރވިސް އޮފިސަރ 3 ގެ ޝަރުޠު ހަމަވުމާއެކު؛ ލީޑިންގ ޓީޗަރުގެ މަޤާމްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ - ޓީޗިންގ ސަރވިސް އޮފިސަރ 3 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
6,295
|
2,500 |
ޕްރިންސިޕަލް |
MS3 |
ޓީޗިންގ ސަރވިސް އޮފިސަރ 4 |
- ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ - ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
7,035
|
2,500
|
ޕްރިންސިޕަލް |
MS4 |
ޓީޗިންގ ސަރވިސް އޮފިސަރ 5 |
- ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ - ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
7,875
|
2,500 |
ޕްރިންސިޕަލް |
EX1 |
ޓީޗިންގ ސަރވިސް އޮފިސަރ 6 |
- ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރު މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ - ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ނުވަތަ ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
8,835 |
2,500 |
ޕްރިންސިޕަލް |
EX2 |
ޓީޗިންގ ސަރވިސް އޮފިސަރ 7 |
- ޓީޗިންގ ސަރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ - ޓީޗިންގ ސަރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
9,890 |
2,500
|
ޕްރިންސިޕަލް |
EX3 |
ޓީޗިންގ ސަރވިސް އޮފިސަރ 8 |
- ޓީޗިންގ ސަރވިސް އޮފިސަރ 8 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ - ޓީޗިންގ ސަރވިސް އޮފިސަރ 8 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
11,065 |
2,500 |
ޕްރިންސިޕަލް |
EX4 |
ޓީޗިންގ ސަރވިސް އޮފިސަރ 9 |
- ޓީޗިންގ ސަރވިސް އޮފިސަރ 9 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ - ޓީޗިންގ ސަރވިސް އޮފިސަރ 9 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
12,400
|
2,500 |
ޕްރިންސިޕަލް |
EX5 |
ޓީޗިންގ ސަރވިސް އޮފިސަރ 10 |
- ޓީޗިންގ ސަރވިސް އޮފިސަރ 10 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ - ޓީޗިންގ ސަރވިސް އޮފިސަރ 10 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
13,890 |
2,500 |
ޕްރިންސިޕަލް |
EX6 |
ޓީޗިންގ ސަރވިސް އޮފިސަރ 11 |
- ޓީޗިންގ ސަރވިސް އޮފިސަރ 11 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ - ޓީޗިންގ ސަރވިސް އޮފިސަރ 11 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
15,560 |
2,500 |
އިތުރުގަޑީގެ ފައިސާ:
އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:
(1) ދަރިވަރުންނަށް އުނގަންނައިދިނުމުގެ އެންމެހައި ހަރަކާތްތައް ރާވައި ހިންގުން.
(2) ސްކޫލުގެ ވަސީލަތްތައް އެންމެ ފައިދާހުރިގޮތުގައި ބޭނުންކޮށް، ދަރިވަރުންގެ ނަތީޖާގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން.
(3) މުޖުތަމަޢާއި ސްކޫލާ ދެމެދު އޮންނަ ގުޅުމަކީ ބަދަހި ގުޅުމެއްކަމަށް ހެދުން.
ވަޒީފާގެ މަސްއޫލިއްޔަތު:
(1) ޕްރިންސިޕަލެއްގެ ހައިސިއްޔަތުން ކިޔަވައިދިނުމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
(2) ޓީޗަރުންނާއި ކިޔަވައިދިނުމުގައި ހަރަކާތްތެރިވާ އެހެނިހެން މުވައްޒަފުންގެ މަސައްކަތްތައް ކުރިއަށްގެންދާގޮތް ކަނޑައެޅިފައިވާ ގޮތުގެމަތިން ބަލައި، މުޤައްރަރުގައިވާ ގޮތުގެމަތިން ބަލައި، މުޤައްރަރުގައިވާ ގޮތުގެމަތިން އުނގެނުމާއި އުނގަންނައިދިނުމުގެ ހަރަކާތްތައް ގެންދިއުމަށް މަގުފަހިކޮށްދިނުން.
(3) ސްކޫލްގައި މަސައްކަތްކުރާ ލީޑިންގ ޓީޗަރުންގެ މަސައްކަތްތައް ރާވައި ބެލެހެއްޓުން.
(4) ޑެޕިއުޓީ ޕްރިންސިޕަލުންނާއި ލީޑިންގ ޓީޗަރުންނާ ހަވާލުކުރެވިފައިވާ މަސައްކަތްތައް ބަރާބަރަށް ކުރޭތޯ ބެލުމާއި، ކުރެވެމުން ނުދާނަމަ ޙައްލުކުރުމަށްޓަކައި ފިޔަވަޅު އެޅުން.
(5) ސްކޫލްގެ ތަޢުލީމީ ސިޔާސަތުތައް ކަނދައެޅުމުގައި ޢަމަލީގޮތުން ބައިވެރިވެ ސީނިއަރ މެނޭޖްމަންޓް ޓީމުގެ އެންމެއިސް މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވުން.
(6) ސްކޫލުގެ ދަރިވަރުންގެ 80 އިންސައްތަ ދަރިވަރުންނަކީ ހުރިހާ މާއްދާއަކުން ފާސްވެގެން އަހަރު ނިންމާލައި، ދަރިވަރުންތަކެއްކަމަށް ހެދުން.
(7) ސްކޫލުގެ ހުރިހާ ދަރިވަރުންނަކީވެސް އަހަރު ނިމޭއިރު ބޭސިކް ލިޓްރަސީއާއި ނިއުމަރަސީ ސްކިލްތައް ހާސިލުކުރެވިފައިވާ ދަރިވަރުންތަކެއްކަން ކަށަވަރުކުރުން.
(8) ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ޑެޕިއުޓީ ޕްރިންސިޕަލާއި، ލީޑިންގ ޓީޗަރުންނާއި ޓީޗަރުންނާއި، ބެލެނިވެރިންނާއެކު ކަނޑައެޅިފައިވާ މައްސަލަތަކާ އެއްގޮތަށް ބައްދަލުވުންތައް ބޭއްވުން.
(9) ދަރިވަރުންނާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް ފޯރުވައިދޭންޖެހޭ މަޢުލޫމާތުތައް އެކަށީގެންވާ ގޮތެއްގައި ފޯރުވައިދުނުން.
(10) މުވައްޒަފުންގެ ކުރިއެރުމަށް ތަފާތު ޕްރޮގްރާމްތައް ރާވައި ހިންގުން.
(11) ދަރިވަރުންގެ ތަފާތު ހުނަރު ތަރައްޤީކުރުމަށް އެކިއެކި ހަރަކާތްތައް ރާވައި ހިންގުން.
(12) ރިޕޯޓްކުރާ މުވައްޒަފުންގެ ފެންވަރު ވަޒަންކުރުމުގެ ތެރެއިން ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރުބަލާ ފޯމްތައް ކަނޑައެޅިފައިވާ ތާރީޚަށް ނިންމުން.
މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:
- ތަޢުލީމާއި ތަމްރީން، މަސައްކަތުގެ ތަޖުރިބާއާއި، މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤަބިލުކަމާއި، ސިފަތަކަށެވެ.
- މި މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި ތަޢުލީމީ ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3341123 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ 3321201 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.
ސުންގަޑި:
ޝަރުޠު ހަމަވާ މީހުން، 2015 މޭ 27 ވަނަ ދުވަހުގެ 15:00 ގެ ކުރިން، ތިރީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ އެސް އޭ ސެކްޝަނަށް ހުށަހެޅުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް www.csc.gov.mv އިން ލިބެން ހުންނާނެއެވެ.)
- އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެޓެސްޓެޑް ފޮޓޯކޮޕީ.
- މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ސާފު ފޮޓޯކޮޕީ (އެޓެސްޓްކޮށްފައިވާ)
- ވަޒީފާއަށް އެދޭ ފަރާތުގެ ކަރިކިއުލަމް ވިޓާ (ސީވީ)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ "މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އުޅުމާއި، އަޚްލާޤު ހުރިގޮތް ބަޔާންކުރާ ލިޔުން"
ނޯޓް: އިންޓަވިޔުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅަން ޖެހޭނެއެވެ.
އިންޓަވިއު އޮންނާނެ ތަނާއި ތާރީޚު:
މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެޒެންޓޭޝަން އޮންނާނީ، 2015 ޖޫން 1 އާއި 2 އާ ދެމެދު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައެވެ.
29 ރަޖަބު 1436