ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް |
މަސައްކަތު |
|
މަޤާމުގެ ގިންތި |
ދާއިމީ |
|
މަޤާމުގެ ރޭންކް |
އެސް. އެސް. 1 |
|
މަޤާމުގެ ކްލެސިފިކޭޝަން |
ސަޕޯޓް ސްޓާފް ގްރޭޑް 1 |
|
ބޭނުންވާ އަދަދު |
1 (އެކެއް) |
|
މުސާރަ |
މަހަކު -/3،100 ރުފިޔާ |
|
ސަރވިސް އެލަވަންސް |
މަހަކު -/1،000 ރުފިޔާ |
|
މަސައްކަތްކުރަން ހަމަޖެހިފައިވާ ތަން |
މަދަރުސަތުއްޝައިޚް މުހައްމަދު ޖަމާލުއްދީން |
|
މަޤާމުގެ ޝަރުޠު |
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން. |
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް |
- ސްކޫލުން ހަވާލުކުރާ ތަންތަން ސާފުކޮށް ބެލެހެއްޓުން. - ސްކޫލުގައި ބާއްވާ އެކިއެކި ރަސްމިއްޔާތުތަކަށް ތައްޔާރުކުރަން އެހީތެރިވުން. - ސްކޫލުން ހަމަޖައްސާ ޑިއުޓީއަށް ނުކުމެ، އެ ޑިއުޓީގައި ކުރަން ހަވާލުކުރާ މަސައްކަތްކުރުން. - އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައްކުރުން. |
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރަށް ބަލައިގެން. - މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރަށް ބަލައިގެން. - މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތަކަށް ބަލައިގެން. |
|
ހުށަހަޅަންޖެހޭ ތަކެތި |
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (ވަޒީފާއަށް އެދޭ އެޕްލިކޭޝަން ފޯމް، މި މަދަރުސާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (http://www.csc.gov.mv ން) ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.) - ސިވިލް ސަރވިސް އަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުވުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. - ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި، މަސައްކަތްކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތައް. - ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. - ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. |
|
ސުންގަޑި |
މި މަޤާމަށް އެދޭ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2015 މޭ 25 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، މަތީގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު، މަދަރުސަތުއްޝައިޚް މުޙައްމަދު ޖަމާލުއްދީންގެ އޮފީހަށް ހުށަހެޅުން އެދެމެވެ. |
|
އިންޓަވިއު |
މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށް ފަހުގައެވެ. އެހެންކަމުން، އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އިންޓަވިއު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އިންޓަވިއު އޮންނާނީ، މަދަރުސަތުއްޝައިޚް މުޙައްމަދު ޖަމާލުއްދީން / ފުވައްމުލަކުގައެވެ. |
|
އިތުރު މަޢުލޫމާތު |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6860003 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6862033 އެވެ. އީ.މެއިލް އެޑްރެހަކީ [email protected] އެވެ. |
|
ނޯޓް |
"ވަޒީފާގެ ފުރުޞަތު" މި ސުރުޚީގެ ދަށުން މި މަދަރުސާއިން ކުރި GS48/2015/03 ނަންބަރު އިޢުލާން ވަނީ ބާޠިލްވެފައެވެ. |
25 ރަޖަބު 1436