ބީލަން
ނަންބަރު: (IUL)22-EDF/22/2024/226
ޕަބްލިޝްކުރި ތާރީޚް: 11 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 15:42
ސުންގަޑި: 13 ޖޫން 2024 00:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމަށް ކޮށްފައިވާ 4 އިޢުލާނުގެ އިބާރާތަށް ބަދަލު ގެނައުން

އިޢުލާން

ބީލަން ހުށަހެޅުމަށް ކޮށްފައިވާ 4 އިޢުލާނުގެ އިބާރާތަށް ބަދަލު ގެނައުން :

1- ފިލާ ބިލްޑިންގ 1 ގެ ވަށާ ބޭރު ފާރާއި އެތެރެ ފާރުތަކުގެ ރެނދުތައް ބެއްދުމާއި ކުލަލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު 22-TF/22/2024/198 (04 ޖޫން 2024) އިޢުލާންގެ 2 ވަނަ ނަންބަރު މިދަންނަވާ ގޮތަށް ބަދަލުކޮށްފީމެވެ.

  • މި ޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް، މަޢުލޫމާތު ސާފުކޮށްދިނުން 9 ޖޫން 2024 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، އެދުރުހިޔާ ، 9 ވަނަ ފަންގިފިލާގައި އޮންނާނެއެވެ. ޝައުގުވެރިވާ ފަރާތްތައް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރޭޝަން ފޯމްގެ ލިންކް: https://forms.gle/YR6tBXGdj5oTLdji9  

2- އެދުރުވެހި ވަށާ ބޭރު ފާރާއި އެތެރެ ފާރުތަކުގެ ރެނދުތައް ބެއްދުމާއި ކުލަލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު 22-TF/22/2024/199(04 ޖޫން 2024) އިޢުލާންގެ 2 ވަނަ ނަންބަރު މިދަންނަވާ ގޮތަށް ބަދަލުކޮށްފީމެވެ.

  • މި ޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް، މަޢުލޫމާތު ސާފުކޮށްދިނުން 09 ޖޫން 2024 ވަނަ ދުވަހުގެ ހެނދުނު 12:00 ގައި ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، އެދުރުހިޔާ ، 9 ވަނަ ފަންގިފިލާގައި އޮންނާނެއެވެ. ޝައުގުވެރިވާ ފަރާތްތައް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.ރަޖިސްޓްރޭޝަން ފޯމްގެ ލިންކް  :   https://forms.gle/LFnPigQwRepD1KEz5

3- އެދުރުހިޔާ ވަށާ ބޭރު ފާރާއި އެތެރެ ފާރުތަކުގެ ރެނދުތައް ބެއްދުމާއި، ކުލަލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު 22-TF/22/2024/204(04 ޖޫން 2024) އިޢުލާންގެ 2 ވަނަ ނަންބަރު މިދަންނަވާ ގޮތަށް ބަދަލުކޮށްފީމެވެ.

  • މި ޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް،  މަޢުލޫމާތު ސާފުކޮށްދިނުން 09 ޖޫން 2024 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، އެދުރުހިޔާ ، 9 ވަނަ ފަންގިފިލާގައި އޮންނާނެއެވެ. ޝައުގުވެރިވާ ފަރާތްތައް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރޭޝަން ފޯމްގެ ލިންކް:  https://forms.gle/KAfiPNqRCFmTjzG57

4- އެދުރުހިޔާ އަދި އެދުރުވެހީގެ ހުސްވެފައިވާ ފްލެޓްތަކާއި އެހެނިހެން ފްލެޓްތަކުގެ މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު 22-TF/22/2024/206(04 ޖޫން 2024) އިޢުލާންގެ 2 ވަނަ ނަންބަރު މިދަންނަވާ ގޮތަށް ބަދަލުކޮށްފީމެވެ.

  • މި ޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް، މަޢުލޫމާތު ސާފުކޮށްދިނުން 06 ޖޫން 2024 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، އެދުރުހިޔާ ، 9 ވަނަ ފަންގިފިލާގައި އޮންނާނެއެވެ. ޝައުގުވެރިވާ ފަރާތްތައް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރޭޝަން ފޯމްގެ ލިންކް: https://forms.gle/v2sXoEDj2QKVoa68A

 

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތައުލީމީ ފަންޑުގެ އިދާރާ

މިނިސްޓްރީ އޮފް އެޑިޔުކޭޝަން އެދުރުހިޔާ ، 9 ވަނަ ފަންގިފިލާ، ފަޅުމަތީ މަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3341193 ,3341194  

އީ-މެއިލް:  [email protected]

ކޮޕީ އީ-މެއިލް: [email protected]

11 ޖޫން 2024