ދިވެހިރާއްޖެ
އިޢުލާން
އޭސީ ހަރުކޮއްދިނުމައި އޭސީ ސާރވިސްކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ
މި ކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، 2 އަހަރު ދުވަހުގެ މުއްދަތަށް އޭސީ ސާރވިސް ކޮށްދިނުމާއި ހަރުކުރުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދަންބޭނުން ވެއްޖެއެވެ.
މި މަސައްކަތަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. އަދި މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް މައުލޫމާތު ޝީޓްގައި ބަޔާން ކުރެވިފައިވާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިން ބިޑް ރަޖިސްޓްރީ ކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މައުލޫމާތު ސެޝަން: |
23 ޖޫން 2024 11:00 އަލިފުށީ ކައުންސިލްގެ އިދާރާގައި |
ބިޑް ރަޖިސްޓްރީ ކުރުން: |
30 ޖޫން 2024 10:00 ކުރިން |
ބިޑް ރަޖިސްޓްރީ ލިންކު: |
|
އަންދާސީ ހިސާބު ހުށަހެޅުން: |
30 ޖޫން 2024 11:00 އަލިފުށީ ކައުންސިލްގެ އިދާރާގައި |
ބިޑް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި މިމައުލޫމާތުތަކުގެ އިތުރުން މައުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ 2024 ޖޫން 30 10:00ގެ ކުރިން އީމެއިލް ([email protected] ) އަށް ލިޔުންތައް ފޮނުއްވައި މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެމިކަން އާންމުކޮށް އަންގާ އިއުލާންކުރަމެވެ.