ޢާންމު މަޢުލޫމާތު
ނަންބަރު: (I)288/2024/064
ޕަބްލިޝްކުރި ތާރީޚް: 11 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 14:45
ސުންގަޑި: 12 ޖޫން 2024 23:00
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަމުގެ ސެންސަސްއެއް ހެދުމާއި ގުޅޭ

ދަނޑުވެރިކަމުގައި ޙިއްސާވާ ފަރާތްތަކާއި ގުޅޭގޮތުން މަޢުލޫމާތު އެއްކޮށް، ދަނޑުވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް ބޭނުއްވާ މަޢުލޫމާތު އެއްކުރުމުގެ ގޮތުން ދަނޑުވެރިކަމުގެ ސެންސަނެއް ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުން އަންނަ ކަމުގައި  ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ ގެ ނަންބަރު 492-AP3/CIR/2024/2 ސާކިއުލަރ އިން ވަނީ މައުލޫމާތު ދެއްވާފައެވެ.

ވީމާ، މި ޝެޝަނުގައި ބައިވެރިވުމަށް އެދޭ މިވަގުތު ރަށުގައި ވިޔަފާރި އުސޫލުން ދަނޑުހައްދާ ފަރާތްތަކާއި ވިޔަފާރި އުސޫލުން ގަސް ހައްދާ ނުވަތަ ނާސަރީ ގެންގުޅޭ ފަރާތްތަކުން މާދަމާ 2024 ޖޫން 12 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއިދާރާއަށް ދުރުވެ ނުވަތަ މިއިދާރާގެ ނަންބަރު 6560015 އަށް ގުޅުއްވައި ނަންނޯޓު ކުރެއްވުން އެދެމެވެ.

ވީމާ، މިވާހަކަ އާއްމުކޮށް އަންގައި އިޢުލާނުކުރީމެވެ.

11 ޖޫން 2024