ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)307/INDIV/2024/58
ޕަބްލިޝްކުރި ތާރީޚް: 11 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 14:35
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލް ދަނޑު ބޭނުން ކުރުމާއި ގުޅޭ

                                                (IUL)307/INDIV/2024/58:ނަންބަރު

 މިހާރަކަށް އައިސް ފުޓްސަލް ދަނޑު ބޭނުން ކުރުމުގެ ޢުސޫލާއި ޙިލާފަށް ފުޓްސަލް ދަނޑު ބޭނުންކުރާކަން މިކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ. އެހެންކަމުން، ފުޓްސަލް ދަނޑު ބޭނުންކުރެވޭނީ ކުރިއެކޭވެސް އެއްގޮތައް ކައުންސިލް އިދާރާގައި ރަޖިސްޓްރީ ކުރެވިފައިވާ ޓީމުތަކަށް، ކައުންސިލުން ކަނޑައަޅާ ޝެޑިއުލްއާއި އެއްގޮތަށެވެ. އަދި އައު ޓީމްތައް ރަޖިސްޓްރީ ކުރުމަށް ބޭނުން ވެލައްވާނަމަ ރަސްމީ ގަޑީގައި ކައުންސިލް އިދާރާއަށް އެފަރާތަކުން ޙާޒިރުވުމުން އިންތިޒާމް ހަމަޖެހޭނެ ވާހަކަ ދަންނަވަމެވެ. މީގެއިތުރުން ސްކޫލް ދަރިވަރުންނަށް ފުޓްސަލް ދަނޑު ދޫކުރެވޭނީ، ކުޅުމަށް ކަނޑައަޅާ ގަޑިތަކުގައި ބެލެނިވެރިއެއް ނުވަތަ އެކުދިންނަށް ޒިންމާވާނެ މީހެއްގެ ބެލުމުގެ ދަށުން ފުޓްސަލް ދަނޑަށް އެމީހަކު ޙާޒިރުވެ ހުންނަކަމުގައި ވާނަމައެވެ. މިއިޢުލާނާއެކު ފުޓްސަލް ދަނޑު ބޭނުން ކުރުމުގެ ޢުސޫލު އާންމުކުރީމެވެ.

މިހެންވެ،މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ޖޫން 2024