ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)415/415/2024/155
ޕަބްލިޝްކުރި ތާރީޚް: 11 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 12:59
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިތަކުގެ ވިނަ ނޮޅައި ގޯތި ސާފުކޮށް އިންފާރުރާނާ ބޭއްވުމަށް އެންގުން

އިޢުލާން

            ތިރީގައިވާ ގޯތި ތަކަކީ ތިނަދޫގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތައް ކަމުގައި ވިޔަސް ، މި ގޯތި ތަކަކީ ގިނަ ދުވަސްތަކެއް ވަންދެން ސާފު ނުކޮށް އިންފާރު ނުރާނާ ވަރަށް ބޮޑަށް ވައުވެފައިވާ ގޯތިތަކެއް ކަމުން ، އެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް މި ގޯތިތަކުގެ ސަބަބުން އުދަނގޫ ވެގެން މި ކަމުގެ ޝަކުވާ މި ކައުންސިލަށް ކުރަމުން އެބަ ގެންދެއެވެ. ވުމާއެކު މި ގޯތިތަކުގެ ވިނަ ނޮޅައި ގޯތި ސާފުކޮށް އިންފާރުރޭނުމަށް މި ގޯތިތައް ޙަވާލު ކޮށްފައިވާ ފަރާތްތަކަށް އަންގަމެވެ. އަދި މިއަދު 11 ޖޫން 2024 އިން ފެށިގެން 07 ދުވަހުގެ ތެރޭގައި މި ގޯތިތައް ސާފު ނުކޮށްފިނަމަ މި ގޯތިތަކުގެ ވެރިފަރާތްތަކުން މި ގޯތިތައް ވަކިކުރުމުގެ ޢަމަލީ މަސައްކަތްތައް މި ކައުންސިލުން ކުރާނެ ވާހަކަ ވެސް ދަންނަވަމެވެ. މި ދެންނެވި ގޯތިތަކުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

ބްލޮކް ނަމްބަރ P-12

ގޯތީގެ ނަން

ބްލޮކް ނަމްބަރ

ގޯތި ދޫކޮށްފައިވާ ފަރާތުގެ ނަން

ގޯތި ދޫކޮށްފައިވާ ފަރާތުގެ ދާއިމީ އެޑްރެސް

ޕިޔޯ

P-12/06

އަހުމަދު ރިޝާމް ޝަރީފް

ރިހިވެލި / ގދ. ތިނަދޫ

ސުހާ

P-12/04

މުހައްމަދު ރަޝީދު

އުދުހޭކޮކާ / ގދ. ތިނަދޫ

ލޮޓަސްމާގެ

P-12/03

އާމިނަތު ވަހީދާ

ދޮންފަޅޯގެ / ގދ. ތިނަދޫ

ޒެންތިކް

P-12/02

އަމީނާ މުހައްމަދު

ސިތާރާގެ / ގދ. ތިނަދޫ

އޮޅުގިރި

P-12/01

ޢަބްދުޞަމަދު ޢަބްދުއްރަހުމާން

ސްލިޕްގެ / ގދ.ތިނަދޫ

 

 

 

 

 

 

މިހެންވެ، މިކަން އާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.

                  05 ޛުލްޙިއްޖާ 1445

 

11 ޖޫން 2024