ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)197-A1/1/2015/23
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2015
ޕަބްލިޝްކުރި ގަޑި: 08:30
ސުންގަޑި: 31 މޭ 2015 15:00
ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
ކޯޓް މާސްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކޯޓުގެ ކޯޓު މާސްޓަރގެ މަޤާމަށް މީހުން ހޯދުމަށްޓަކައި 12 މާރިޗު 2015 ގައި  ކުރެވުނު IUL)197-A1/1/2015/7) ނަންބަރު އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލީ ފަރާތްތަކާ އިންޓަވިއު ނުކުރެވި ގިނަދުވަސްވެފައިވާތީ، އެ އިޢުލާން ބާޠިލްކޮށް، އެ މަޤާމަށް މީހުން ހޯދަން އަލުން އިޢުލާނު ކުރަމެވެ.

ކޯޓް މާސްޓަރ

މަޤާމް

GS 4

މަޤާމުގެ ރޭންކް

2 (ދޭއް)

ބޭނުންވާ އަދަދު

ސުޕްރީމް ކޯޓް

މަސައްކަތްކުރަންޖެހޭ ތަން

-/5020 ރުފިޔާ

އަސާސީ މުސާރަ

- ސަރވިސް އެލަވަންސް -/1500 ރުފިޔާ (އެއްހާސް ފަސްސަތޭކަ ރުފިޔާ) 

- ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %50

- ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

- އެހެނިހެން އެލަވަންސްތައް.

 

މި މަޤާމަށް ލިބޭ އެލަވަންސް

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ހުރިކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއިއެކު،

- މަތީ ސާނަވީ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުމާއެކު، GS3 ގެ ރޭންކުގައި މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސަރުކާރުގެ ލޯއެންފޯސްމަންޓް ދާއިރާއެއްގައި GS3 ގެ ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

އަސާސީ ޝަރުޠު

1. ދިވެހިބަހާއި އިނގިރޭސި ބަހުން ރީތިކޮށް މުޢާމަލާތްކުރަން އެނގުން.

2. އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއެކު، އެހެނިހެން ކުށެއްގައި ޙުކުމެއް ކޮށްފައިވާނަމަ،  އެޙުކުމެއް ތަންފީޒުކުރިތާ 7 އަހަރު ދުވަސް ވެފައިވުން.

3. އުމުރުން 18 އަހަރު ފުރި، 45 އަހަރު ނުފުރޭ މީހެއްކަމުގައިވުން.

4. ދުޅަހެޔޮ ޞިއްޙަތެއްގައި ހުރި މީހަކުކަމުގައިވުން.

5. ޓާމް ޑިއުޓީ ކުރެވޭނެ މީހެއްކަމުގައިވުން.

6. ފިރިހެނެއްނަމަ، އިސްކޮޅުގައި 5 ފޫޓް 3 އިންޗި ހުރުން. އަންހެނެއްނަމަ، އިސްކޮޅުގައި 5 ފޫޓް ހުރުން.

 

 

 

އެހެނިހެން ޝަރުޠު

1. ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން.

2. ކޯޓުރޫމުގެ ސެކިއުރިޓީ ބެލެހެއްޓުމާއި، އިންތިޒާމްތައް ބެލެހެއްޓުން.

3. ކޯޓުން ކަނޑައަޅާ، ސެކިއުރިޓީއާ ގުޅޭ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1. ފުރިހަމަކޮށްފައިވާ، ޝަރުޢީ ދާއިރާގެ ވަޒީފާއަށް ވަނުމަށް އެދޭ ފޯމް.

2. ކުރިމަތިލާ ފަރާތުގެ ވަނަވަރު.

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މި ސެޓްފިކެޓްތަކާއެކު، ޓްރާސްކްރިޕްޓް ހުށަހަޅަންވާނެއެވެ.)

5. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަޤާމުގައި ވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ މަސްއޫލިއްޔަތު އެނގޭގޮތަށް)

 

 

ހުށަހަޅަންޖެހޭ ތަކެތި

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، މި ކޯޓުގެ ވަޒީފާއަށްއެދޭ ފޯމު ފުރިހަމަކުރުމަށްފަހު، 2015 މޭ 31 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން މި ކޯޓަށް ފޮނުވުން އެދެމެވެ.

ސުންގަޑި

1. މި މަޤާމަށް ހުށަހެޅޭ ލިޔުންތަކުން ލިބޭ މަޢުލޫމާތުގެ އިތުރުން  ކުރަންޖެހޭ މަސައްކަތުގެ މަޢުލޫމާތާއި ހުނަރު ހުރިކަން އިންޓަވިއުގައިސާބިތުކޮށްދެވޭ މިންވަރެއްގެ މައްޗަށާއި، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެކަން ސާބިތުކޮށްދެވޭ ފަރާތްތަކުގެ ތެރެއިން އެއްމެ ރަނގަޅުކަމަށް ފެންނަ ފަރާތަކަށް އިސްކަންދެވޭނެއެވެ.

2. އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތައް ޗެކްކޮށް، އަސްލާ އެއްގޮތްކަން ކަށަވަރުކުރެވޭނެއެވެ.

3. މި ކޯޓުގެ ވަޒީފާއަށްއެދޭ ފޯމް މި ކޯޓުގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ. މި ކޯޓުގެ ވެބްސައިޓްގެ އެޑްރެހަކީ www.supremecourt.gov.mv  އެވެ. އަދި މި ކޯޓުގެ ރިސެޕްޝަން ކައުންޓަރުންވެސް ފޯމު ލިބެންހުންނާނެއެވެ.

4. މި މަޤާމަށް އިންޓަވިއު ކުރުން އޮންނާނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި، 7 ޖޫން 2015 އިން ފެށިގެންނެވެ.

 

 

އިތުރު މަޢުލޫމާތު

25 ރަޖަބު 1436

14 މޭ 2015